ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އިމްތިހާނު ކަރުދާސް ޗާޕުކުރާނެ މެޝިނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިމްތިހާނު ކަރުދާސް ޗާޕުކުރާނެ މެޝިނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

 

  1. އިމްތިހާން ކަރުދާސްތައް ޗާޕްކުރުމަށް، މި އިއުލާނާއެކު އެޓޭޗްކުރެވިފައިވާ ސްޕެސިފިކޭޝަން ޝީޓާއި އެއްގޮތް، ޗާޕު މެޝިނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް، 2022 މާރޗް 02 ން 2022 މާރޗް 08 ވަނަ ދުވަހުގެ 12:00އާއި ހަމައަށް "ބިޑް ރަޖިސްޓްރީ ފޯމު" (ލިންކު: https://forms.gle/rKKFGPEiyuTLbVF46  ) މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
  4. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މާރޗް 02 ން 2022 މާރޗް 08 ވަނަ ދުވަހުގެ  12:00 ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 މާރޗް 10 ވާ ބުރާސްފަތިދުވަހުގެ 11:00 ގައިމި ޑިޕާޓްމަންޓް ހިނގަމުންދާ ހ، އަސްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ. 
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected]  މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންގެ ފޯން:  4003966/7912293 އިންލިބިވަޑައިގަންނަވާނެއެވެ.

28 ރަޖަބް 1443

01 މާރޗް  2022

01 މާރިޗު 2022
ހޯދާ