މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ހިންމަފުށީގައި ފެނުގެ ނިޒާމް ޤާއިމް ކުރުމަށް ފޯމް ނުފުރާ ގެތަކުން ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލުން

            ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރުމަށް ސަރުކާރުން މިހާރު ވަނީ ފައްޓަވާފަ އެވެ. މި މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރި ފަރާތުން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެއެވެ.

            އެޕްލިކޭޝަން ފޯމް ހުށަހެޅުމުގަ އާއި، ބަލައިގަތުމުގަ އާއި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރަންޖެހެނީ މިކަމަށްޓަކައި މިހާރު ޢަމަލު ކުރެވެމުންދާ ޤަވާޢިދު ނަންބަރު: 2020/R-10 " މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢު ތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢު ތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢު ތަކުގެ ދަށުން ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައި ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު " ގެ 13 ވަނަ މާއްދާ އާއި އެއްގޮތަށެވެ. އަދި ފީ އަކާނުލާ ފެން މީޓަރާއި ނަރުދަމާގެ ޖަންކްޝަން ( ކެޗްޕިޓް ) ގުޅައިދިނުމުގައި ބެލެވޭނީ މި ޤަވާޢިދުގެ 6 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ.

            ވީމާ، މިޤަވާޢިދާއި އެއްގޮތަށް އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރައްވާ، 8 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގައި ގޭގެއިން ފޯމު ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ މިއިދާރާއަށް ދުރުވެ އެކަމެއް ސާފުކުރެއްވުމަށް ދަންނަވަމެވެ. ފޯމު މިއިދާރާއިން ލިބެން ހުންނާނެ އެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

01 މާރިޗު 2022
ހޯދާ