އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އދ.ދިއްދޫ ވޮލީ މުބާރާތް

 

އދ.ދިއްދޫ ވޮލީބޯޅަ މުބާރާތް 2022

           

         ޒުވާނުންނާއި ކުޅިވަރު ކުޅެން ބޭނުންވާ ފަރާތްތަކަށް ވާދަވެރި މާހައުލެއްގައި ކުޅިވަރު ކުޅުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި މި ކައުންސިލުން ބާއްވަމުން އަންނަ ވޮލީބޯޅަ މުބާރާތް މި އަހަރު ބާއްވާނެ ތާރީޚްތައް ކައުންސިލުން ވަނީ ނިންމާފައެވެ.

          މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ އދ.އަތޮޅަށް ނިސްބަތްވާ ކުލަބު ޖަމިއްޔާ ތަކާއި، އިދާރާތަކަށް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. މި މުބާރާތަކީ އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މުބާރާތް ބޭއްވުމަށް ނިންމާފައިވާ ތާރީޚްތައް ތިރީގައި އެވަނީއެވެ. މި މުބާރާތުގައި ބައިވެލައްވަން ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފޯމް ހުށަހަޅާނެ ތާރީޚް ފަހުން އިޢުލާން ކުރާނެ ވާހަކަ ދަންނަވަމެވެ.

 

ފިރިހެނުންގެ ވޮލީ މުބާރާތް

އަންހެނުންގެ ވޮލީ މުބާރާތް

27 ސެޕްޓެމްބަރ 2022

20 ޑިސެމްބަރ 2022

 

        ވީމާ، މި ކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.    

01 މާރިޗު 2022
ހޯދާ