ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގެ ނަންބަރު 22/L1C/2021 ޤަޟިއްޔާއާ ގުޅިގެން ފ.ފީއަލީ، "ޕެންޒީމާގެ" އެވެ ކިޔާ ބަންޑާރަ ގޯތީގައި ކޮށްފައިހުރި ބައެއް މަސައްކަތްތައް އަގުކުރުމަށްޓަކައި އަގުކޮމެޓީއެއް ޢައްޔަން ކުރުން

އިޢުލާން

 

މިކޯޓުގެ ނަންބަރު 22/L1C/2021 ޤަޟިއްޔާއާ ގުޅިގެން ފ.ފީއަލީ، "ޕެންޒީމާގެ" އެވެ ކިޔާ ބަންޑާރަ ގޯތީގައި ކޮށްފައިހުރި ބައެއް މަސައްކަތްތައް އަގުކުރުމަށްޓަކައި އަގުކޮމެޓީއެއް ޢައްޔަން ކުރުމަށް ބޭނުންވެއެވެ.

 

އަގުކޮމެޓީ އެކުލަވާލުން

މަޤާމް:

އަގުކޮމެޓީގެ މެންބަރު

ބޭނުންވާ ޢަދަދު:

03 (ތިނެއް)

މަސައްކަތްކުރަންޖެހޭ ތަން:

ފ.ފީއަލީ މެޖިސްޓްރޭޓް ކޯޓު

ތަޢުލީމާއި ތަޖުރިބާ:

  1. ލިޔަން ކިޔަން ދަތުމާއެކު މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ
  2. ލިޔަންކިޔަން ދަތުމާއެކު މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ފ.ފީއަލީ "ޕެންޒީމާގެ" އެވެ ކިޔާ ބަންޑާރަ ގޯތީގައި ކޮޓަރިއަކާއި ފާޚާނާއެއް ހެދުމުގެ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާ މަސައްކަތްތަކެއް އަގުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  1. މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ).

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް (މިފޯމް ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.)
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. މަސައްކަތު ތަޖުރިބާގެ ލިޔުން

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

މެންބަރުކަމަށް އެދޭ ފަރާތްތަކުން 2022 މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ކޯޓު ބަންދުކުރުމުގެ ކުރިން އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށް ފަހު، ފ.ފީއަލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކޯޓުގެ ނަންބަރު: 6740623 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

27  ރަޖަބު   1443

28 ފެބްރުވަރީ  2022

28 ފެބުރުވަރީ 2022
ހޯދާ