ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާ ސްކޫލް ގޯތިތެރޭގައި ބެލެނިވެރިންގެ ހިޔާއެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން

ގދ. ނަޑެއްލާ ސްކޫލް ގޯތިތެރޭގައި ބެލެނިވެރިންގެ ހިޔާއެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން:

 

ގދ. ނަޑެއްލާ ސްކޫލް ގޯތިތެރޭގައި އަމިއްލަތަކެތީގައާއި މި އިދާރާއިން ޙަވާލުކުރާ ތަކެތީގައި ބެލެނިވެރިންގެ ހިޔާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަޝްރޫޢާއިބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ގދ. ސްކޫލް ބެލެނިވެރިންގެ ހިޔާ ތަރައްޤީ ކޮށްދިނުމަށް އެދި" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކޮށްދިނުން:    

06 މާރިޗް 2022

އާދީއްތަ

13:00

އަންދާސީ ހިސާބު ބަލައިގަތުން:

09 މާރިޗް 2022

ބުދަ

13:00

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 މާރިޗު 2022
ހޯދާ