ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް ގދ. ވާދޫ ގައި ބައިވެރި ވުމާއި ބެހޭ:

                                             ނަންބަރ: IUL)NSA-VAM/NSA-VAM2022/6)

 

         އިޢުލާން   

 

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް ގދ. ވާދޫ ގައި ބައިވެރި ވުމާއި ބެހޭ:

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް،  ގދ. އަތޮޅު ކައުންސިލް އަދި ގދ. އަތޮޅު ވާދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސުރުޚީގައި ދެންނެވިފައިވާ މުބާރާތުގައި ބައިވެރިވުމަށް ގދ. އަތޮޅު ރަށުކައުންސިލްތަކުން އެންޑޯޒްކުރެވިފައިވާ ކުލަބު އަދި ޖަމްޢިއްޔާތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން މި މުބާރަތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ބަޔަންކުރެވިފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށްފަހު މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

މުބާރާތް  ބޭއްވޭނެ ތާރީޚް:

2022 މާރޗް 19 އިން ފެށިގެން

މުބާރާތް ހޯސްޓުކުރާރަށް:

ގދ. ވާދޫ

މުބާރާތް ކުޅެވޭ ޑިވިޜަން:

ފިރިހެން އަދި އަންހެން

މުބާރާތުގައި ބައިވެރިވެވޭ ފަރާތްތައް:

ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީ ކުރެވިފައިވާ ގދ. އަތޮޅުގެ ރަށު ކައުންސިލަކުން އެންޑޯސްކުރެވިފައިވާ ކްލަބް އަދި ޖަމްޢިއްޔާތައް

މުބާރާތު ގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚާއި ގަޑި:

2022 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން

ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚާއި ގަޑި:

2022 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން

މުބާރާތު ގައި ބައިވެރިވުމުގެ ފޯމާއި ޓީމް ލިސްޓް ހުށަހަޅަން ޖެހޭ ތަން:

[email protected]

މުބާރާތު ގައި ބައިވެރި ވުމުގެ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާއިދު ލިބެންހުންނާނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން

އިތުރު މަޢުލޫމާތު:

ޓެކްނިކަލް ސަޕޯރޓް: 9427277

އަތޮޅު ކައުންސިލްގެ ފަރާތުން :  7775199

ހޯސްޓް ކުރާ ރަށުގެ ފަރާތުން :  9990108

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 މާރޗް 2022

 

01 މާރިޗު 2022
ހޯދާ