މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ޓޫރިސްޓް ވީޒާގައި ރާއްޖެ އެތެރެވެފައިވާ ޔޫކުރޭންގެ ފަތުރުވެރިންނާ ގުޅޭ

އިޢުލާން

ޓޫރިސްޓް ވީޒާގައި ރާއްޖެ އެތެރެވެފައިވާ ޔޫކުރޭންގެ ފަތުރުވެރިންނާ ގުޅޭ

 ޓޫރިސްޓުންގެ ގޮތުގައި ރާއްޖެ އައިސްފައިވާ ޔޫކުރޭންގެ ރައްޔިތުންގެ ތެރެއިން، ވީޒާގެ މުއްދަތުގެ ހަމަވުމުގެކުރިން އަނބުރާ ގައުމަށް ފުރައިގެން ނުދެވޭ އެފަރާތްތަކުގެ ވީޒާގެ މުއްދަތު އިތުރުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިހާރު ދޫކޮށްފައިވާ ޓޫރިސްޓު ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން، އެ ވީޒާގެ މުއްދަތު އިތުރުކުރުމަށްއެދި މި މުވައްސަސާގެ 'އިމުގާ' ޕޯޓަލް (imuga.immigration.gov.mv/) މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވަމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، ސަރުކާރުގެ ރަސްމީ މަސައްކަތު ދުވަސްތަކުގެ ހެނދުނު 8:30 އާއި މެންދުރުފަހު 2:00 އާއި ދެމެދު މިއިދާރާގެ ފޯނު ނަންބަރު 9199157 އަށް ގުޅުއްވުމަށް ދެންނެވީމެވެ.

01 މާރިޗު 2022
ހޯދާ