ދިވެހިރާއްޖެ
ޝައުގުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލުން
ސ.ހިތަދޫ ހޮސްޕިޓަލް ޕްރޮޖެކްޓް
ޕްރޮޖެކްޓް ނަންބަރު:1459P
ސ.ހިތަދޫގައި ޤާއިމުކުރާ 100 އެނދުގެ ހޮސްޕިޓަލް ޤާއިމުކުރުމުގެ ޕްރޮޖެޓްގެ ދަށުން 'ޕްރޮޖެކްޓް ޑައިރެކްޓަރ/ޕްރޮޖެކްޓް އިންޖިނިއަރ' އެއް ހޯދުމަށް ވަޒީފާއަށް އިޢުލާން ކުރުން.
ސައުދީ ފަންޑް ފޯރ ޑިވެލޮޕަމަންޓާއި އޮފިޑުގެ ލޯން އެހީގެ ދަށުން ސ.ހިތަދޫގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. މިމަޝްރޫޢުގައި މަސައްކަތްކުރުމަށް ކޮންސަލްޓެންޓް ސްޓާފުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕްރޮޖެކްޓް ޑައިރެކްޓަރ/ޕްރޮޖެކްޓް އިންޖިނިއަރކަމުގެ މަޤާމަށް ހޮވޭ ޤާބިލު މުވައްޒަފަށް ކަނޑައެޅިފައިވާ އުސޫލުން މުސާރަ ދިނުމަށްވަނީ ހަމަޖެހިފައެވެ.
މައިގަނޑު މަޤްޞަދު:
މި ކޮންސަލްޓެންސީން ހާސިލުކުރަން ބޭނުންވާ މައިގަނޑު މަޤްޞަދަކީ، ޕްރޮޖެކްޓްގެ ދަށުން ޤާއިމު ކުރެވޭ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އެމް.ޔޫ) މެނޭޖްކުރުމާއި ޕްރޮޖެކްޓުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ރާވައި ހިންގުމެވެ. މީގެ އިތުރުން ޕްރޮޖެކްޓްގެ ޕްރޮގްރެސް މޮނިޓަރކޮށް ބަލަހައްޓައި ޕްރޮޖެކްޓް ކޯޑިނޭޓްކޮށް ކުރިއަށް ގެންދިއުމުގައި ކޮންސްޓްރަކްޝަން އުސޫލާ އެއްގޮތަށް ޕްރޮޖެކްޓަށް އެންމެ ފައިދާކުރަނިވި ގޮތަށް ކުރިއަށް ގެންދިއުން ހިމެނެއެވެ.
މުއްދަތު:
މި ކޮންސަލްޓެންސީގެ މުއްދަތަކީ 1 އަހަރު ދުވަހެވެ. ނަމަވެސް ކޮންޓްރެކްޓް ކުރެވޭނީ ޕްރޮޖެކްޓް ކުރިއަށްދާ ގޮތާއި ވޭރިއޭޝަންތަކަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވޭ ގޮތަށެވެ. އަދި މި ކޮންޓްރެކްޓް ކުރެވޭ މުއްދަތުގެ ތެރޭގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ މުވައްޒަފެއްގެ ގޮތުގައެވެ.
މުސާރަ: ދެ ފަރާތުން އެއްބަސްވެވޭ ހަމަޖެހޭ އުސޫލެއްގެ މަތިން ކަނޑައެޅޭ ގޮތަށް.
ފެންވަރު ނުވަތަ ޝަރުޠު:
- ސިވިލް އިންޖިނިއަރެއް ކަމުގައިވުން ނުވަތަ މަސައްކަތާގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީއެއް ހާސިލުކޮށްފައިވުން.
- ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއިން މާސްޓަރސް ނުވަތަ މެނޭޖްމެންޓް ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން.
- މެނޭޖްމެންޓާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.
- އެސް.އެފް.ޑީ / އޮފިޑް ޕްރޮކިއުމަންޓާއި ޑިސްބާރސްމަންޓް ގައިޑްލައިންސް ނުވަތަ މިފަދަ އެހެނިހެން ޑޯނަރ އެޖެންސީތަކާމެދު އަހުލުވެރި ފަރާތްތަކާއި ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާގެ ތަޖްރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
- މައިކްރޯ ސޮފްޓް އޮފީސް ޕެކޭޗްގެ (އެމް.އެސް ޕްރޮޖެކްޓް، ޕަވަރ ޕޮއިންޓް، އެކްސެލް އަދި ވާރޑް) ޕްރޮގްރާމްސްތަކަށް ރަނގަޅަށް އެނގުން.
ވަޒީފާއަށް އެންމެ ޤާބިލު މީހުން ހޮވުމުގައި ބެލެވޭ ކަންތައްތައް:
- ސަރުކާރުގެ އިސް ވެރިންނާ އަދި ޢާންމު ފަރާތްތަކާއި މުޢާމަލާތް ކުރުމުގެ ޤާބިލުކަން ހުރުން.
- މަސައްކަތާ ގުޅުން ހުރި ފަރާތްތަކާއި ބައިވެރިން ކުރިއެރުވުމުގައި ވެވިފައިވާ އެއްބަސްވުންތައް ޕްރޮޖެކްޓަށް އެންމެ ފައިދާކުރަވިނި ގޮތުގައި ތަންފީޒު ކުރުމުގެ ޤާބިލުކަން ހުރުން.
މިނިސްޓްރީ އޮފް ހައުސިންގ އެންގ އިންފްރާސްޓްރަކްޗަރުގެ ފަރާތުން ޕްރޮޖެކްޓް ޑައިރެކްޓަރ / ޕްރޮޖެކްޓް އިންޖިނިއަރކަމުގެ މަޤާމަށް އެކަށީގެންވާ ޤާބިލު ފަރާތްތަކަށް ފުރުޞަތު އަރުވަމެވެ. ޝައުޤުވެރިވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:30 ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ސީ.ވީ، އައި.ޑީ ކާޑުގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާއާ ގުޅޭ އެންމެހާ ލިޔެކިޔުންތައް އެޓޭޗްކޮށް ދެއްވުން އެދެމެވެ.
މަޤާމަށް މީހުން ހޮވުމުގައި އަމަލުކުރާނީ އެސް.އެފް.ޑީ / އޯފިޑް ގައިޑް ލައިންސް ގައިވާ އުސޫލާ އެއްގޮތަށެވެ. މި ވަޒީފާ އާ ގުޅޭ "ޓާރމްސް އޮފް ރެފަރެންސް" (ޓީ.އޯ.ރ) ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ
ފޯން: 3004162 960 / 3004300 960
ފެކްސް: 3004301 960
އީމެއިލް: [email protected]
ވެބްސައިޓް: www.housing.gov.mv