އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް ޖާގައެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ: ASND/PRC/IUL/2022/0019


 

މި ކުންފުނީގެ ބޭނުމަށް STO ޓްރޭޑް ސެންޓަރ 4 ވަނަ ފަންގިފިލާގައި މީޓިންގ ރޫމަކާއި، މެނޭޖަރ ކެބިންއެއް އަދި ވާރކް އޭރިއާ ހަދައިދޭނެ ފަރާތެއް ހޯދުމަށް 18 ޖެނުއަރީ 2022 ގައި ކުރި ނަންބަރު ASND/PRC/IUL/2022/0011 އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތަށް ބަދަލު އައިސްފައިވާތީ އެ އިޢުލާނު ބާޠިލުކޮށް އެމަސައްކަތަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 06 މާރޗް 2022 ގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ކުންފުނީގެ ނަން، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ.  ރަޖިސްޓްރީވާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.  

10 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

28 ފެބްރުއަރީ 2022

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011418      

28 ފެބުރުވަރީ 2022
ހޯދާ