މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަރާޖު އަދި ގުދަންތަކުގެ ކުރިމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތައް ނެގުމާއި ގުޅޭ.

އިޢުލާން

ގަރާޖު އަދި ގުދަންތަކުގެ ކުރިމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތައް ނެގުމާއި ގުޅޭ.

            ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ސަރަޙައްދު ބްލޮކްވާ ގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން މިކައުންސިލުގެ "ވަކިކަމަކަށް ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ" 28 ފެބްރުއަރީ 2022 ން ފެށިގެން 09 މާރޗް 2022 ގެ ނިޔަލަށް މިކައުންސިލަށް ހުށަހެޅުއްވުމުން އެތަންތަނުގެ ކުރިމަތީގައި ޕާރކުނުކުރެވޭ ގޮތަށް ޑަބަލް ލައިން ދަމައިދެވޭނެއެވެ.

            އަދި ލޯޑިންގ އެންޑް އަންލޯޑިންގ ކުރުމަށް ޕެލެޓް ބަހައްޓާފައިވާ ސަރަޙައްދުތަކަށް މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި މިކައުންސިލަށް ހުށަހެޅުއްވުމުން ސަރަޙައްދު ޗެކުކުރުމަށްފަހު، ސްލޮޓު ހަމަޖައްސައިދެވޭ ތަނެއްކަމުގައިވާނަމަ، ކުލި ނަގައިގެން ސްލޮޓު ހަމަޖައްސައިދެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިކައުންސިލުގެ ހުއްދަ ނެތި ބޭނުންކުރަމުންދާ މިފަދަ ތަންތަނުގެ ކުރިމަތީގައި ބެހެއްޓިފައި ހުންނަ ޕެލެޓްތައް މިމުއްދަތުގެ ފަހުން ނެގޭނެ ވާހަކަ ދަންނަވަމެވެ.

            ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.

28 ފެބުރުވަރީ 2022
ހޯދާ