މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
ސްކޫލުގެ އެކްޓިވިޓީ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް

ކުރިޔަށް އޮތް ދެ އަހަރަށް ގދ. މަޑަވެލީ ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމްފަހައިދޭނެ ފަރާތެއް ހޯދުން

 

      ވިޔަފާރި އުސޫލުން މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ސްކޫލުން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ GS207/IUL/2021/14  (15 އޮގަސްޓް 2021) އިޢުލާނާއި ގުޅިގެން އަގު ހުށަހަޅާފައިވާ ފަރާތްތަކުން ބިޑް ހުށަހަޅާފައިވަނީ ދެވިފައިވާ މަޢުލޫމާތާއި ޚިލާފަށް ކަމުގައިވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ބިޑް ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

     މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫން ނަމްބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫން (ޤާނޫން ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

     މަޢުލޫމާތު ސާފުކުރުމަށާއި، ބީލަން ހުށަހެޅުމަށް ޙާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިޔުމެއް ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބީލަންތަކާއި އަދި ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ބިޑް ޑޮކިއުމެންޓް ތައްޔާރުނުކުރައްވާ ހުށަހަޅާފައި ހުންނަ ފަރާތްތަކުގެ ބީލަންތައް ބާޠިލް ކުރެވޭނެއެވެ.  

     އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ނަންނޯޓުކުރެއްވުމަށް ރަސްމީ ގަޑީގައި 7983090 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މިސްކޫލުގެ އީ-މެއިލް އެޑްރެސް އަށް [email protected]މެއިލް ކުރެއްވުން އެދެމެވެ.

 

 

 

 

 

ތާރީޚް

ގަޑި

ތަފުޞީލް

06 މާރިޗް 2022

10:00 ގެ ކުރިން

ނަން ނޯޓް ކުރުން(ޝައުގުވެރިވާ ފަރާތްތައް)

07 މާރިޗް 2022

10:00 ގައި

މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުން 

14 މާރިޗް 2022

10:00 ގައި

ބިޑު ހުށެހެޅުން/ ބިޑު ހުޅުވުން

މިހެންވެ މިކަން ޢާންމުކޮށް އަންގާޢިޢުލާން ކުރީމެވެ.

28 ފެބުރުވަރީ 2022
ހޯދާ