އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮންޕެނީ (މިފްކޯ) ގެ ފަރާތުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ދަށުން ޒުވާނުން ތަމްރީނުކުރުމަށް ހުޅުވާލާފައިވާ ފުރުސަތުތަކާއި ގުޅޭ

އިޢުލާން

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮންޕެނީ (މިފްކޯ) ގެ ފަރާތުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ދަށުން ޒުވާނުން ތަމްރީނުކުރުމަށް ހުޅުވާލާފައިވާ ފުރުސަތުތަކާއި ގުޅޭ

      ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ސްޓްރެޓެޖީ 3.2 އަދި 3.3 ގެ ދަށުން ޒުވާނުންގެ ތެރެއިން ހަވާސާގައި ދިރިއުޅޭ ޒުވާނުންނާއި ޖުމްލަކޮށް ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރު ދަސްކޮށްދީ މިފަދަ ޒުވާނުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދީ ވަޒީފާގެ ބާޒާރަށް ނިކުތުމަށް ބާރުއަޅައި މިފަދަ ޒުވާނުންނަކީ ޤައުމުގެ އިޤްތިސާދީ ތަރައްޤީއާއި އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ނަމުގައި މިހާރު ވަނީ ފެށިފައެވެ.

      މި ޕްރޮގްރާމް ރޭވިފައިވަނީ ސަރުކާރުގެ ކަމާއިގުޅޭ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި، ރިސޯޓްތަކުގެ ބައިވެރިވުމާއެކުގައެވެ. މިގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮންޕެނީ (މިފްކޯ) ގެ ފަރާތުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ދަށުން ތަފާތު 5 ދާއިރާއިން (ފެލިވަރު، ކަނޑުއޮތް ގިރި، އައްޑޫ އަދި ކޫއްޑޫގައި) 19 ޒުވާނުން ތަމްރީނުކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންގެ އެލަވަންސްގެ ގޮތުގައި މަހަކު 3000 (ތިންހާސް) ރުފިޔާ އަދި މަސައްކަތުގެ ވަގުތުގައި ކެއުން  ހަމަޖައްސާދެވޭނެއެވެ.

      ވީމާ، އައްޑޫގެ ވީހާވެސް ގިނަ ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވެ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން https://forms.gle/AKUDzXM2ZE7eFLH9 މި ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ތިރީގައި މިވަނީ މިފްކޯގެ ފެރީ ދަތުރު ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ކަމުގައި ދެންނެވީމެވެ.

 

މަސައްކަތް ކުރާ ތަން

ރަށް

ތަފްސީލް

1

އައްޑޫ ފިޝަރީސް ކޮންޕްލެކްސް

އައްޑޫގެ ރަށްތަކުން ސ.ހުޅުދޫ އަށް

ދަތުރުގެ ދެކޮޅު ޚަރަދު

 23 ރަޖަބު 1443

24 ފެބްރުއަރީ 2022

24 ފެބުރުވަރީ 2022
ހޯދާ