ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ފައިނޭންޝިއަލް ކޮންޓްރޯލަރ

އިޢުލާން

 

މަޤާމް:

ފައިނޭންޝިއަލް ކޮންޓްރޯލަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ އާއި އެލަވަންސް:

5000/-

މަޤާމުގެ ގިންތި:

ޕާރޓް ޓައިމް

އޮފީސް:

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް - ފައިނޭންސް އެންޑް އެކައުންޓްސް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުތު:

  • ކުރެވޭ އިންޓަރވިއުއިން މަސައްކަތުގެ  ހުނަރު އަދި ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު އެކައުންޓްސް ދާއިރާގެ މަސައްކަތުގައި ތަޖުރިބާ ހުރުން
  • ކުއިކްބުކްސް އަދި މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  •  ފައިނޭންޝިއަލް އެކައުންޓިންގްގެ ދާއިރާއިން ޑިގްރީ ނަވުތަ ޑިޕްލޮމާ ނުވަތަ އޭއޭޓީ ނުވަތަ އޭސީސީއޭ އިން އެކައުންޓިންގް ލެވެލް  2 ނުވަތަ އެފެންވަރުގެ ފާހެއް އޮތުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން

ހުށައަޅަންޖެހޭ ލިޔުންތައް

ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާރޑް

ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް

ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ ހުށަހަޅަން ވާނެއެވެ.)

 

ސުން ގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 3 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އީމެއިލް ([email protected] / [email protected] )  މެދުވެރިކޮށެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށައަޅަންވާނެއެވެ.

ޝޯޓް ލިސްޓު ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3325503 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

 

27 ފެބުރުވަރީ 2022
ހޯދާ