މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރަވަންދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޑޯ ޖިމްގެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރުން

ދަރަވަންދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޑޯ ޖިމްގެ އިމާރާތް މަރާމާތު ކުރުމުގެ  މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 7 ފެބުރުވަރީ 2022ވަނަ ދުވަހު ކުރެވުނު މި އިދާރާގެ ނަންބަރު (IUL)318-HR/318/2022/12 އިޢުލާނާގުޅިގެން ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށްވާތީ އެ އިޢުލާނު ބާތިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގަ އެވެ.

މަޢުލޫމާތު ދިނުން

2022 މާރިޗް 6 ވާ އާދިއްތަ ދުވަހުގެ 11:00

އަންދާސީ ހިސާބު ހުށަހެޅުން

2022 މާރިޗް 10 ވާ ބުރާސްފަތި ދުވަހުގެ 13:00

އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާއި ގުޅުއްވުން އެދެމެވެ.

27 ފެބުރުވަރީ 2022
ހޯދާ