ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލްއީމާން މިސްކިތުގައި އިމާމްވެ ޙިފްޡްކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

1443 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލްއީމާން މިސްކިތުގައި އިމާމްވެ ޙިފްޡްކޮށް ތަރާވީހް ނަމާދު ކޮށްދޭނެ ހާފިޒެއް އަމިއްލަޚަރަދުގައި ގެންނަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކުން 3 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވާ ފަރާތްތަކުން 6760045 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މެއިލް ކުރަށްވާނަމަ، [email protected]އަށް މެއިލް ކުރެއްވުން އެދެމެވެ.

27 ފެބުރުވަރީ 2022
ހޯދާ