ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އައިޓީއާއި ގުޅޭގޮތުން ބޭނުންވާ ތަކެތި ހޯދުމާއިބެހޭ

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އައިޓީއާއި ގުޅޭގޮތުން ބޭނުންވާ ތަކެތި ހޯދުމާއިބެހޭ

ނަމްބަރު:TENDER/HMH/2022/008

 

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ތިރީގައި މިދަންނަވާ ސްޕެސިފިކޭޝަނާއި އެއްގޮތްވާ ގޮތުގެމަތިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ހޯދަން ބޭނުން ތަކެތީގެ ތަފްސީލް:

 

Quantity

Item

3 (Nos)

COMPUTER SYSTEM (CPU, MONITOR, KEYBOARD & MOUSE)

1

CPU Specification

Intel Core i5 10th Gen processor speed 2.0 – 4.8 Ghz

Processor

 

Minimum 8GB RAM

Memory

 

Minimum 256GB SSD

Storage

 

USB 3.0 USB (2 front) (4 rear)

1RJ-45 1Gbps

HDMI (Native support 2 digital video outputs)

Ports

 

 

Optical Drive w/ DVD-RW

Optical Drive

 

Small formfactor

Formfactor

 

Windows 10 Pro Workstation

Operating System

 

24-inch LED Monitor (1920 X 1080 resolution at 60Hz) w/HDMI

Monitor

Standard QWERTY Keyboard ~ USB

Keyboard

Optical Mouse USB

Mouse

       

 

  1.        އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

1.1.    މަސައްކަތައް އަގު ހުށައެޅުމުގައި މި މަޢުލޫމާތު ޝީޓް ރަނގަޅަށް ކިޔައި ދިރާސާ ކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

1.2.    އަގު ހުށަހެޅުއްވަންވާނީ މަތީގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތީންނެވެ.

1.3.    ޕްރޮޕޯސަލް ހުށަހަޅުއްވާ ކޮމްޕިއުޓަރ ސިސްޓަމަށް މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ވޮރެންޓީއެއް ހުށަހަޅަންވާނެއެވެ.

1.4.    މި ބިޑު އިވެލުއޭޓް ކޮށް އެވޯޑު ކުރެވޭނީ ޖުމުލަކޮށް އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށެވެ.

1.5.    އަގު ހުށަހަޅުއްވާ އިރު ހުށަހަޅުއްވާ އައިޓަމްގެ ޑީޓެއިލް ސްޕެސިފިކޭޝަން ހުށަހަޅަން ޖެހޭނެއެވެ. އައިޓަމްތަކުގެ ސްޕެސިފިކޭޝަން ތަފްސީލް ނެތި ހުށަހަޅާ އަގުތައް ބަލައި ނުގެނެވޭނެއެވެ.

1.6.    ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްތައް ފައިނޭންޝަލް އިވެލުއޭޝަނަށް ދާނީ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވުމުންނެވެ. މި އިވެލުއޭޝަންގައި މައިގަނޑު ގޮތެއްގައި ބެލެވޭނީ ހުށަހަޅައިފައިވާ އައިޓަމްތައް ހޮސްޕިޓަލުގެ ރިކުއާމެންޓް ޝީޓްގައިވާ މައުލޫމާތުތަކަށް ފެތޭތޯއެވެ.

1.7.    ބިޑު އެވޯޑު ކުރެވޭ ފަރާތުން ހުށަހަޅާ އައިޓަމްތައް ބަލައިގަނެވޭނީ ގެންނަ އައިޓަމްތަކުގެ ކޮލިޓީ ޔަގީން ކުރުމަށްފަހުގައެވެ.

1.8.    މިމައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ 'ބިޑް ހުށަހަޅާ ފޯމް' ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. ފޯމު ފުރިހަމަނުކޮށް ނުވަތަ ފޯމުހުށަނާޅާ އަންދާސީ ހިސާބްތަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

2.       ހުށަހަޅަންޖެހޭ ތަކެތި

2.1.    އަންދާސީ ހިސާބު

2.1.1. ބިޑް ހުށަހަޅާ ފޯމު (މައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ)

2.1.2. ސަޕްލައިކޮށްދެވޭނެ އަގު / ކޯޓޭޝަން

2.1.3. ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 30 ދުވަސް ވާންވާނެއެވެ.

2.2.    ކުންފުނީގެ މައުލޫމާތު / ޕްރޮފައިލް

2.2.1. ކުންފުނީގެ ނަމާއި ފުރިހަމަ އެޑްރެސް، ފޯނު ،ފެކްސް އަދި އީމެއިލް އެޑްރެސް ބަޔާންކުރުން

2.2.2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކުންފުނިތަކަށް ދީފައިވާ ކޮމްޕެނީ 'ކޮމްޕެނީ ޕްރޮފައިލް އިންފޮމޭޝަން ޝީޓް'ގެ ކޮޕީ / ސޯލް ޕްރޮޕްރިއޭޓަރޝިޕް އެއް ނަމަ ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ

2.2.3. ކުންފުނީގެ މައިގަނޑު މަސައްކަތްތައް

2.2.4. ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

2.2.5. ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ (ޖީއެސްޓީއަށް ރެޖިސްޓަވުމަށް ޤާނޫނުން ލާޒިމްކުރާ މިންގަޑާއިވިޔަފާރިތަކަށް)

2.2.6. ޓެކްސް ކްލިއަރެންސް ނުވަތަ ވޭތުވެދިޔަ 3 މަސް ދުވަހުގެ ޓެކްސް ދައްކާފައިވާ ކަމުގެ ރިސިޕްޓްތައް.

2.3.    ވޭތުވެދިޔަ ތިން މަސްދުވަހުގެ (2021 ނޮވެމްބަރ، ޑިސެމްބަރ އަދި 2022 ޖަނަވަރީ) ބޭންކް ސްޓޭޓްމަން ނުވަތަ 2020 ވަނަ އަހަރުގެ އޯޑިޓް ރިޕޯރޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ) ހުށަހަޅަން ވާނެއެވެ.

މިބިޑަށް މާކްސް ދެވޭނީ މި މައުލޫމާތުކަރުދާހުގައި ހިމަނައިފައިވާ އިވެލުއޭޝަން ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

3.       އެވޯޑުކުރުން

1

އަގު

80 ޕޮއިންޓް

2

މުއްދަތު

20 ޕޮއިންޓް

 

4.       އިވެލުއެޝަން ގައިޑްލައިން

މިބިޑަށް މާކްސް ދެވޭނީ 5.1 ގައި ބަޔާންކުރެވިފައިވާ ބައިތަކަށް ޕްރޯރާޓާގެ އުސޫލުންނެއެވެ.

4.1.    މަސައްކަތުގެ އަގު

އަގަށް މާކްސްދެވޭނީ އެންމެ ކުޑައަގެއް ހުށަހަޅާފަރާތްތަކަށް ގިނަމާކްސް ލިބޭގޮތަށެވެ. އަދި އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް، އެންމެ  ކުޑަ އަގު ހުށަހެޅި ފަރާތުގެ އަގަށް ބަލައި ނިސްބަތުން މަދުން މާކްސް ދެވޭ، ޕްރޯރާޓާގެ އުސޫލުންނެވެ.

4.2.    މަސައްކަތުގެ މުއްދަތު

މުއްދަތަށް މާކްސްދެވޭނީ އެންމެ ކުރުމުއްދަތެއްގައި ޑެލިވަރީކޮށްދިނުމަށް ހުށަހަޅާފަރާތްތަކަށް ގިނަމާކްސް ދެވޭ އުސޫލުން، ޕްރޯރާޓާގެ އުސޫލުންނެވެ

 

5.       އަންދާސީ ހިސާބު ހުށަހަޅާނެގޮތް

ސީލް ކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައި މި ދަންނަވާ ފޯމެޓްގައި.

BID REFERENCE: TENDER/HMH/2022/008
Hulhumalé’ Hospital
Huvandhumaa Hingun, Hulhumalé
+960 3350152

6.       މައުލޫމާތު ސާފުކުރުން

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 3 މާރިޗު 2022 ވާ ބުދަ ދުވަހުގެ 12:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

7.       ބީލަން ހުށަހެޅުން

ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 7 މާރިޗު 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ހުޅުމާލެ ހޮސްޕިޓަލުގެ  ވައްލަ މީޓިންގް ރޫމަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 ނޯޓު:

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350113 / 3350152 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

24 ފެބްރުއަރީ 2022

27 ފެބުރުވަރީ 2022
ހޯދާ