ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ - ގަން ކެމްޕަސް

މި އިޢުލާންވަނީ 03 މާރިޗު 2022 10:31 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ - ގަން ކެމްޕަސް
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ގަން ކެމްޕަސް

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

18

މުސާރަ:

މަހަކު  5,956.80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  2,552.92 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

ރަސްމީ ގަޑި:

ހެނދުނު 08:00 އިން 14:00 އަށް

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކެމްޕަހުގެ ބަޖެޓް ޚަރަދު ހިސާބުތައް ބަލަހައްޓައި ތައްޔާރުކުރަން ޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް މަރުކަޒީ އިދާރާއަށް ފޮނުވުން
  •  ކެމްޕަހުގެ ބަޖެޓުން ދައްކަންޖެހޭ ބިލްތަކާއި ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދެއްކުން
  •  މާލީއްޔަތު ޤާނޫނާ އެއްގޮތަށް ކެމްޕަހުގެ ބަޖެޓް މެނޭޖްކޮށް ބަޖެޓަށް ފައިސާ ހޯދުމަށް މަރުކަޒީ އިދާރާއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ކުރިއަށް އޮންނަ އަހަރަށް ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވާ ބަޖެޓްގެ ޓާގެޓްތައް ހާސިލްކުރުމުގެ މަސައްކަތްތައް ކުރުން
  •  ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބު ބެލެހެއްޓި ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. އަދި ތިޖޫރިގައި ބެހެއްޓޭ ތަކެއްޗާ ނެގޭ ތަކެތީގެ ރެކޯޑް ބެލެހެއްޓުން
  •  ކެމްޕަހަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން
  • ކެމްޕަހަށް ލިބެންޖެހޭ އެންމެހައި ބިލްތައް ބަރާބަރަށް ހޯދާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  • ކެމްޕަހަށް ބަލައިގަންނަ އާމްދަނީ ފައިސާ ބޭންކަށް ޖަމާކުރެވި އާމްދަނީ ފައިސާއާއި ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް މަރުކަޒީ އިދާރާއަށް ފޮނުވުން
  • ޕާޓް ޓައިމް ލެކްޗަރަރއިންގެ މުސާރާ ކޮންމެ މަހެއްގެ 10 ގެ ކުރިން ޖަމާކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާ ފެކަލްޓީތަކާއެކު މަސައްކަތްކުރުން
  • މަސައްކަތްތަކައް އިއުލާންކުރުމަށް އިއުލާން ތައްޔާރުކޮށް މައުލޫމާތު ޝީޓް ތައްޔާރުކުރުމާއި ބިޑް ބަލައިގަނެ، ބިޑް އިވެލުއޭޝަން އަށް މެމޯ ތައްޔާރުކޮށް، ޕޮއިންޓް ޝީޓް ހެދުމަށްފަހު ބިޑް ކޮމިޓީ އަށް ފޮނުވުން
  • ކެމްޕަހަށް ބޭނުންވާ މުދާ ހޯދުމުގައި އަގުބެލުމަށް ބޭނުންކުރާ އެންމެހައި ވަސީލަތްތައް ބޭނުންކޮށް މުދާ ހޯދާ މުދާ ގެނެސް ސްޓޮކާއި ހަވާލުކޮށް ރެކޯޑް ބެލެހެއްޓުން
  • ކެމްޕަސް އިންކުރާ މުހިންމު ކަންކަން ތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން. މިގޮތުން، ކޯސްތައް އިޝްތިހާރުކުރުން، އޯޕަން ޑޭ ބޭއްވުން، ސުކޫލްތަކަށް ޒިޔާރަތް ކުރުން، ޖަލްސާތައް ބޭއްވުން ފަދަ ކަންކަން އިންތިޒާމް ކޮށް ހިންގުމުގައި ކެމްޕަސް މެނޭޖަރ އަދި މިފަދަ ކަންކަމުގައި ހަރަކާތްތެރިވާފަރާތްތަކާއެކު ބައިވެރިވެ ފުރިހަމަ އެހީތެރިކަން ދިނުން.
  • އެހެން މުވައްޒަފުން ޗުއްޓީ ނެގުމުން ހަވާލުކުރެވޭ މަސައްކަތް ޤަވާއިދުން ކުރުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022 މާރިޗު 3 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

                https://tinyurl.com/MNU-HR-2022-72 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

https://tinyurl.com/Job-Application-Form--Dhivehi

https://tinyurl.com/Job-Application-Form--English

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
27 ފެބުރުވަރީ 2022
ހޯދާ