ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރާވީހް ނަމާދުކޮށްދޭނެ ފަރާތެއްހޯދުން

                                                  ނަންބަރު:  (IUL)360/360/2022/6

 

 

އިޢުލާން

 

1443 ވަނަ އަހަރުގެ ރަމަޟާންމަހު މަސްޖިދު ޒައިދު ބުނު ޘާބިތު ރަޟިޔަﷲ ޢަންހް (ވ.ކެޔޮދޫ ހުކުރުމިސްކިތް)ގައި އިމާމްވެ ޙިފްޡްކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުން

                1443 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދު ޒައިދު ބުނު ޘާބިތު ރަޟިޔަﷲ ޢަންހް (ވ.ކެޔޮދޫ ހުކުރު މިސްކިތް)ގައި އިމާމްވެ ތަރާވީޙް ނަމާދު ކޮށްދެއްވުމަށް ޝައުގު ވެރިވެލަށްވާ ފަރާތްތަކުން ނުވަތަ ރާއްޖެއިން ބޭރުން ޙާފިޡަކު ގެންނަވައިގެން ތަރާވީޙް ނަމާދު އިމާމްވެ ޙިފްޡުކޮށް ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާފރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 6 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގު ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ފޯނުނަމްބަރު 6700601 ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

27 ފެބުރުވަރީ 2022

 
   

 

 

 

27 ފެބުރުވަރީ 2022
ހޯދާ