ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ބައްދަލުވުމާއި ގުޅޭ

މި ކައުންސިލުން 2021 ވަނަ އަހަރު ހިންގުނު ޙަރަކާތްތަކާއި، ކުރިޔަށް ރޭވިފައިވާ ޙަރަކާތްތަކާއި، 2021 ވަނަ އަހަރު ކައުންސިލަށް ލިބުނު އާމުދަނީއާއި ކުރެވުނު ޚަރަދުތައް ހިއްސާކުރުމަށް ބާއްވާ ރައްޔިތުންގެ ޢާއްމު ބައްދަލުވުން (ފެބުރުއަރީ މަހުގެ ބައްދަލުވުން)، 2022 ފެބުރުއަރީ 28 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޑިފުށި ޒުވާނުންގެ މަރުކަޒުގައި (ޔޫތު ސެންޓަރުގައި) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ މި ބައްދަލުވުމުގައި ވީހާވެސް ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެލެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ. 

26 ފެބުރުވަރީ 2022
ހޯދާ