ބުރުނީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

  1. ތ.ބުރުނީ ސްކޫލްގެ ސެކިއުރިޓީ 01 އަހަރު ދުވަހަށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލްގެ ނަންބަރު: GS-176/IUL-B/2022/01 (08 ފެބްރުވަރީ 2022) އިޢުލާނާއި ގުޅިގެން ބީލަމާއިއެކު ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް ހުށަހަޅާފައި ނުވުމާއި ދެވިފައިވާ މަޢުލޫމާތު އިސްލާޙް ކުރަންޖެހޭތީ، ހަވާލާ ދެވިފައިވާ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ފެބުރުވަރީ 27 ން 2022 މާރިޗު 02 ގެ 14:00 ގެ ނިޔަލަށް ބުރުނީ ސްކޫލްގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މާރިޗު 03 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސިޓީއަކުން މިސްކޫލަށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 މާރިޗު 07 ވަނަ ދުވަހުގެ 13:15 ގައި ބުރުނީ ސްކޫލްގެ މީޓިންގ ހޯލްގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ބުރުނީ ސްކޫލް

 

ތ.ބުރުނި، ދިވެހިރާއްޖެ 

 

ފޯން:  6780551

އީ-މެއިލް: [email protected]

 

27 ފެބުރުވަރީ 2022
ހޯދާ