ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާރޓް-ޓައިމް ލެކްޗަރަރ

 މަޤާމް:

 ޕާރޓްޓައިމް ލެކްޗަރަރ

 ބޭނުންވާ ޢަދަދު:

1

 އޮފީސް

 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

 މާއްދާ:

Foundation of Stocks, Soups & Sauces (CAT031)

 

 ކޯސް:

 ސެޓްފިކެޓް 3  އިން ޕެޓިޝަރީ، ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް

 

 މުސާރަ:

-  ކްލާސް ނަންގަވައި ކޮންމެ ގަޑިއިރަކަށް -/200 ރުފިޔާ

-  މާރކް ކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ރުފިޔާ

 

 

މަޤާމުގެ   ޝަރުޠު:

- މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް 4 ނުވަތަ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

- ކެންޑިޑޭޓުން ހޮވުމުގައި  އިޢުލާންގައި ބަޔާންކުރާ މޮޑިއުލް ކިޔަވައިދިނުމުގެ ތަޖުރިބާއާއި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  02 މާރޗް 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ފެކަލްޓީގެ  ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް (ރަސްމީ ގަޑީގައި - 8:00 އާއި 12:00 އާ ދެމެދު) ސިޓީ ފޮނުއްވުން އެދެމެވެ. ދެވިފައިވާ ސުންގަޑީގެ ކުރިން ކޮންމެ ވަގުތެއްގައިވެސް އީ-މެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected] އަށެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

 

 

  

 

ނޯޓް:

 

1- މި އިޢުލާނަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން ޕާޓްޓައިމް ލެކްޗަރަރއިންގެ ގޮތުގައި ހޮވޭފަރާތްތަކަށް ފުރަތަމަ ކޮންޓްރެކްޓް ހެދޭނީ 2022 ޓަރމް 1 ގައި ކިޔަވައި ދިނުމަށެވެ. އަދި 2022 ޓަރމް 2 ގައި މި މާއްދާ އޮފަރ ކުރާނަމަ، އެ ޕާރޓް-ޓައިމް ލެކްޗަރަރއެއްގެ ކޮންޓްރެކްޓް 2 ވަނަ ޓަރމަށް އައު ކުރެވޭނެއެވެ. އަދި އެ ޕާޓްޓައިމް ލެކްޗަރަރއަށް ޓަރމް 2 ގައި ކިޔަވައި ދެވެންނެތްނަމަ، މި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކަށް އަލުން އެ މާއްދާ ހުޅުވާލެވޭނެއެވެ. އަދި މި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެތެރެއިން ޓަރމް 2 ގެ މާއްދާއެއް ކިޔަވާދެވޭނެ ފަރާތެއް ނުލިބިއްޖެނަމަ އަލުން މާއްދާތައް 2 ވަނަ ޓަރމަށް އިޢުލާން ކުރެވޭނެއެވެ.

2- ސިޓީ ނުވަތަ އީ-މެއިލް ލިޔުއްވާއިރު ކިޔަވައިދިނުމަށް ބޭނުންވެލައްވާ މާއްދާ ނުވަތަ މާއްދާތައް ޖައްސަވަންވާނެއެވެ.

 

އިތުރު މަޢުލޫމާތު:

- ކުލާސްތައް އޮންނާނީ ފެކަލްޓީން ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.

- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ.

24 ފެބުރުވަރީ 2022
ހޯދާ