ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް ފ. މަގޫދޫ ގައި ބައިވެރި ވުމާއި ބެހޭ

ނަންބަރ (IUL)NSA-VAM/NSA-VAM/2022/5 :

 

          އިޢުލާން 

 

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް ފ. މަގޫދޫ ގައި ބައިވެރި ވުމާއި ބެހޭ:

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް،  ފާފު އަތޮޅު ކައުންސިލް އަދި ފާފު އަތޮޅު މަގޫދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސުރުޚީގައި ދެންނެވިފައިވާ މުބާރާތުގައި ބައިވެރިވުމަށް ފާފު އަތޮޅު ރަށުކައުންސިލްތަކުން އެންޑޯޒްކުރެވިފައިވާ ކުލަބު އަދި ޖަމްޢިއްޔާތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން މި މުބާރަތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ބަޔަންކުރެވިފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށްފަހު މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

މުބާރާތް  ބޭއްވޭނެ ތާރީޚް:

2022 މާރޗް 11 އިން ފެށިގެން

މުބާރާތް ހޯސްޓުކުރާރަށް:

ފ.މަގޫދޫ

މުބާރާތް ކުޅެވޭ ޑިވިޜަން:

ފިރިހެން އަދި އަންހެން

މުބާރާތުގައި ބައިވެރިވެވޭ ފަރާތްތައް:

ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީ ކުރެވިފައިވާ ފާފު އަތޮޅުގެ ރަށު ކައުންސިލަކުން އެންޑޯސްކުރެވިފައިވާ ކްލަބް އަދި ޖަމްޢިއްޔާތައް

މުބާރާތު ގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚާއި ގަޑި:

2022 މާރިޗު 03 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން

ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚާއި ގަޑި:

2022 މާރިޗު 03 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން

މުބާރާތު ގައި ބައިވެރިވުމުގެ ފޯމާއި ޓީމް ލިސްޓް ހުށަހަޅަން ޖެހޭ ތަން:

[email protected]

މުބާރާތު ގައި ބައިވެރި ވުމުގެ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާއިދު ލިބެންހުންނާނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން

އިތުރު މަޢުލޫމާތު:

ޓެކްނިކަލް ސަޕޯރޓް: 9427277

އަތޮޅު ކައުންސިލްގެ ފަރާތުން :  7912557

ހޯސްޓް ކުރާ ރަށުގެ ފަރާތުން :  9964020 

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

24 ފެބްރުވަރީ 2022

 

 

24 ފެބުރުވަރީ 2022
ހޯދާ