ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އަޙަރީ އާންމު ޖަލްސާ ވަކި ތާރީހެއް ނެތި ފަސްކުރުން

ގިނަ ކްލަބް ތަކެއްގެ އެދުމުގެ މަތިންނާއި އަދި މިހާރު ކުރިއަށްދަމުންދާ ޓީ10 ކްލަބް ކްރިކެޓް ޓޯނަމެންންޓަށް ފުށުއަރާނެތީ ކުރިން މިބޯޑުގެ އޭޖީއެމް ބޭއްވެން ހަމަޖެހިފައިވާ ތާރީޙަށް ބަދަލު ގެނެވި މިހާރު ވަނީ މިބޯޑުގެ 2022 ވަނަ އަޙަރީ އާންމު ޖަލްސާ ވަކި ތާރީޙެއް ނެތް ގޮތަށް ފަސްކުރެވިފައެވެ.
 
ވީމާ މިބޯޑުގެ އަހަރީއާންމު ޖަލްސާ ބާއްވާ ދުވަސް ފަހުގެ ވަގުތެއްގައި އަންގާ ޢިއުލާން ކުރާނެ ވާހަކަ ކްރިކެޓް ބޯޑުގައި ރަޖިސްޓަރ ވެފައިވާ އެންމެހާ ސްކޫލް އަދި ކްލަބް މެންބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
 
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.
 
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
މާލެ ސްޕޯޓްސް ކޮމްޕްލެކްސް
ފޯން: 3325503
 
24 ފެބުރުވަރީ 2022
ހޯދާ