ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ދާނާލު ކުރިމާތީ ހުސްބިމުގައިވާ ސަރަހައްދުގައި ހުރި ތަކެއްޗާއި ރުއްގަސް ނެގުމާއި ގުޅޭ

ދަނާލު ކުރިމަތީ އެވާ ހުސްބިމަކީ މީގެ ކުރިންވެސް ބަދަލުދީ ނިމިފައިވާ ސަރަހައްދެއްކަމަށާއި އަދި އެސަރަހައްދަކީ އެއްވެސް މީހަކު އެއްވެސް ބާވަތެއްގެ ރުއްގަސް އިންދާ ހައްދާ ހެދުން މަނާކޮށް އަޑުގަދަކުރާއިން ގޮވާފައިވާ ސަރަހައްދެކެވެ. ވީމާ، އެސަރަހައްދުގައި އިންދާ ހައްދާފައިވާ ރުއްގަހުގެ ވެރިން 24 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 5 މާރޗް 2022 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ނަގާ އެބިން ހުސްކުރުމަށް އަންގަމެވެ. އަދި މި އިދާރާއިން  ރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހާއި މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށެވެ. ވީމާ، ރުއްގަހާއި، އެ ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި އެތަކެތީގެ ވެރިން މިތާރީހަށް އެތަނުން ނަންގަވާ ތަންހުސްކުރުމަށް އަންގަމެވެ. މިގޮތުން ނުނަންގަވާ ހުންނަ ތަކެއްޗާއި ރުއްގަހަކީ، ރައްޔިތުންގެ ތަކެއްޗާއި ރުއްގަސް ކަމުގައިބަލާ އެތަކެތި ނަންތާލެވޭނެކަން އަންގަމެވެ. 

24 ފެބުރުވަރީ 2022
ހޯދާ