ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގެ ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކުޅުދުއްފުށި ސިޓީގެ ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 01‏ މާރޗް‏ 2022‏ (އަންގާރަ‏) ދުވަހުގެ  14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަމްބަރ 6527177 އަށް ގުޅުއްވައިގެން، އޮންލައިންކޮށް ތިރީގައިވާ ލިންކް ނުވަތަ ކިއު އާރު ކޯޑުގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

ލިންކް: https://forms.office.com/r/54SJfUduNs

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏01‏ މާރޗް‏ 2022‏ (އަންގާރަ‏)

14:00

މައުލޫމާތު ދިނުން

‏02‏ މާރޗް‏ 2022‏ (ބުދަ‏)

10:30

އަންދާސީ ހިސާބު ހުށަހެޅުން

‏17‏ މާރޗް‏ 2022‏ (ބުރާސްފަތި‏)

10:30

 

 މަޢުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މައުލޫމާތު ސެޝަން) ގައި ބައިވެރި ވަޑައި ނުގެންނެވި ކަމުގައިވިޔަސް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަންދެވޭނެއެވެ.

24 ފެބުރުވަރީ 2022
ހޯދާ