ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން:

 ސްޓޯމް ވޯޓަރ ޕަންޕް ބެހެއްޓުމަށްޓަކައި ފުނާޑު ރަންވަރަ ގޯތީގެ އުތުރުން އިންވެގެން އޮތް ބިމުގައި ނަންބަރު ޖަހާފައިވާ ރުއްގަސް  ތަކުގެ ނީލަންކިޔުން 2022 މާރޗް 01 ވާ އަންގާރަ ދުވަހު 09:00 ގައި އެބިމުގައި އޮންނާނެއެވެ.

   ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 މާރޗް 01 ވަނަ ދުވަހު 09:00 އަށް  އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. ނީލަންނަންގަވާ ފަރާތްތަކުން 2022 މާރޗް 02 ވަނަ ދުވަހު 12:00 ގެކުރިން ސިޓީ ކައުންސިލް އިދާރާއަށް ފައިސާ ދައްކަވައި 2022 މާރޗް 03 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރުއްގަސް ކަނޑައި  އެރުއްގަސްތަކުގެ ހުރިހާ ބައިތަކެއް އެތަނުން ނަންގަވަން ވާނެއެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެއްތަކެތި ކަމުގައި ބަލައި އުކާލެވޭނެއެވެ.

    މިހެންވެމިކަން އަންގައި އިޢުލާން ކުރަމެވެ.    

23 ފެބުރުވަރީ 2022
ހޯދާ