ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ސްޓޯރ ރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

     މި ސްކޫލުގެ ބީ ބްލޮކް ސްޓޯރ ރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އަގު ހުށަހެޅުމަށް ހުޅުވާލަމެވެ. މިމަސައްކަތުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

  • ސްކޫލް ބީ ބްލޮކް ސްޓޯރ ރޫމް ކޮތަރު ނަޖިސްތައް ސާފްކޮށް ކުނިއުކާލުން
  • ސްޓޯރ ރޫމްގައި ކުލަލުން ( ސްކޫލުން ކަނޑައަޅާ ކުލައެއް)
  • ސްޓޯރޫމް ގައި މިހާރު ހުރި ލައިޓްތައް ނައްޓައި އާ ލައިޓް ހަރުކުރުން ( ލެޑް ލައިޓް 24 ވޯޓް)
  • ސްޓޯރޫމް ސީލިންގ މަރާމާތު ކުރުން
  • ސްޓޯރ ރޫމް އަށް ވަންނަ ދޮރު ބަދަލު ކޮށް ދަވާދުލައި ތަޅު ހަރުކުރުން
  • ސްކޫލް ބީ ބްލޮކް ސްޓޯރ ރޫމް ވަށައިގެން ކޮތަރުތަކަށް ނުވަދެވޭގޮތައް ބެއްދުން

-         މި މަސައްކަތައް ޝައުގުވެރިކަން ހުރި ފަރާތްތަކުން 02 މާރޗް 2022 ވަނަ ބުދަ ދުވަހުގެ 14:00ގެ ކުރިން އަންދާސީހިސާބު ތިރީގައިވާ މެއިލްއަށް މެއިލް ކޮށްދެއްވުން އެދެމެވެ 

-         އިތުރު މައުލޫމާތު ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން 24 ފެބްރުއަރީ 2022 އިން ފެށިގެން    (ސަރުކާރު ބަންދު ނޫން ) 02 މާރޗް ވަނަ ދުވަހުގެ 09.00 އިން 12:00 އާއި ދެމެދު ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފް ކޮށްލެއްވުމަށް އެދި ދަންނަވަމެވެ.

 

23 ފެބުރުވަރީ 2022
ހޯދާ