މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް 01 ( އެކެއް) އަހަރަށް ބޭނުންވާ ސޭފްޓީ ޝޫޒް، ބޮއިލަރ ސޫޓް، ކޮންސްޓްރަކްޝަން ހެލްމެޓް އަދި ރޯޑްސޭފްޓީ ވެސްޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީއަށް 01 ( އެކެއް) އަހަރަށް ބޭނުންވާ  ސޭފްޓީ ޝޫޒް،  ބޮއިލަރ ސޫޓް، ކޮންސްޓްރަކްޝަން ހެލްމެޓް އަދި ރޯޑްސޭފްޓީ ވެސްޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 01 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އޮންނާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 03 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެހެނދުނު 10:00 ގެ ކުރިން [email protected]އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 06 މާރިޗް 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.

23 ފެބުރުވަރީ 2022
ހޯދާ