މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޒުން/ޤާރީން ގެނައުމަށް ވީޒާ ދޫކުރުމާއި ގުޅޭ

އިޢުލާން

 

1443 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޒުން/ޤާރީން ގެނައުމަށް ވީޒާ ދޫކުރުމާއި ގުޅޭ

1443 ވަނަ އަހަރު ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން/ޤާރީން ގެނައުމަށް އެދޭ ފަރާތްތަކުން، މި މުވައްސަސާގެ އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް 'ސްޕެޝަލް ވީޒާ IM22' އަށް އެދި ހުށަހެޅުމަށް ދަންނަވަމެވެ. އަދި ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ރަސްމީ މަސައްކަތު 07 ދުވަސްތެރޭ 'އިމުގާ' ޕޯޓަލް މެދުވެރިކޮށް އެންގޭނެއެވެ.

ވީޒާ އަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިއުންތައް:

  1. ކައުންސިލް އިދާރާއިން ފުރިހަމަކޮށްފައިވާ "ސްޕެޝަލް ވީޒާއަށް އެދޭ ފޯމް" (IM22)
  2. "ވީޒާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމް" (IM30)
  3. ބިދޭސީ ފަރާތުގެ "ޕާސްޕޯޓު ޑާޓާ ޕޭޖް" ގެ ކުލަ ކޮޕީ (މެޝިން ރީޑަބްލް ޕާސްޕޯޓްގެ)
  4. ބިދޭސީ ފަރާތުގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ (މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓު ފޮޓޯ މިންގަނޑާއި އެއްގޮތަށް ނަގާފައިވާ ފޮޓޯއެއް)
  5. ތަރާވީޙް ނަމާދުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ދޫކޮށްފައިވާ ހުއްދަ.

ދިވެހިރާއްޖެއަށް އެތެރެވުމަށް ބޭނުންވާނެ ލިޔެކިއުންތައް:

  1. 'ސްޕެޝަލް ވީޒާ IM22 ' އެޕްރޫވަލް (ހުއްދަ).
  2. ރާއްޖެއަށް ފުރުމަށް 48 ގަޑިއިރު ތެރޭގައި 'ޓްރެވެލަރ ހެލްތު ޑެކްލަރޭޝަން' ފުރިހަމަކުރުން.
  3. ރާއްޖެއަށް ފުރުމަށް 96 ގަޑިއިރު ތެރޭގައި ސުންކު ނަގާފައިވާ ޕީ.ސީ.އާރު ނެގެޓިވް ޓެސްޓު ނަތީޖާ ('ޓްރެވެލަރ ހެލްތު ޑެކްލަރޭޝަން' ފުރާއިރު ހުށަހެޅުމަށް)
  4. ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ވެކްސިނޭޝަން ކާޑު، 'ޓްރެވެލަރ ހެލްތު ޑެކްލަރޭޝަން' ފުރާއިރު ހުށަހެޅުން.

ނޯޓް: ވެކްސިން ފުރިހަމަ ކޮށްފައިނުވާ ފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ކަރަންޓީން ފުރިހަމަކުރައްވަން ޖެހިލައްވާނެ.

             

އެކުގައި އާއިލާގެ ފަރާތްތައް ގެންނަ ހާފިޒުންނާއި ޤާރީންގެ ސަމާލުކަމަށް:

  1. އެފަރާތްތައް ރާއްޖެ އައުމުގެ ކުރިން 'އިމުގާ' ޕޯޓަލް މެދުވެރިކޮށް 'ސްޕޮންސަރޝިޕް ޑެކްލަރޭޝަން' އަށް އެދި ހުށަހަޅާ ދަތުރުކުރުމުގެ ހުއްދަ ހޯދުން.
  2. އެފަރާތްތަކަށް ދޫކުރާނީ 30 ދުވަހުގެ ޓޫރިސްޓް ވީޒާއެއް. އަދި 30 ދުވަހަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރައްވާނަމަ، ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން، ވީޒާގެ މުއްދަތު އިތުރުކުރުމަށް 'އިމުގާ' ޕޯޓަލް މެދުވެރިކޮށް 'ޓޫރިސްޓު ވީޒާ IM23' އަށް އެދި ހުށަހެޅުން.

               ވީމާ، މަތީގައި ދެންނެވި ފަރާތްތައް ރާއްޖޭގައި ތިއްބަވާ މުއްދަތުގައި ވީޒާގެ ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރެއްވުމަކީ، އެފަރާތްތައް ރާއްޖެ ގެންނަވާ ފަރާތެއްގެ ޒިންމާއެކެވެ. އެފަރާތްތަކަށް ދޫކުރާ 'ސްޕެޝަލް ވީޒާ' އެޕްރޫވަލް ލިބުމުގެ ކުރިން ދަތުރުނުކުރުމަށް އިލްތިމާޒް ކުރަމެވެ. އަދި ދޫކޮށްފައިވާ ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަށް ހަނދުމަކޮށް އަރުވަމެވެ.

            މިކަމާއި ގުޅިގެން، އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާގެ ފޯނު ނަންބަރު 7940452، 9199157 (ހެނދުނު 08:00 އާއި މެންދުރުފަހު 14:00އާދެމެދު) ގުޅުއްވުމަށްވެސް ދެންނެވީމެވެ.

22 ފެބުރުވަރީ 2022
ހޯދާ