މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To hire an export and import agent for the period of 2 year

 

                                                                                  ނަންބަރު : (IUL)MMPRC-PRO/1/2022/20

އިޢުލާން

މިކޯޕަރޭޝަންގެ ފަރާތުން ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ، ރޯޑް ޝޯ އަދި އެހެނިހެން އިވެންޓްތަކަށާއި ފަރާތްތަކަށް ފޮނުވާ ޕްރޮމޯޝަނަލް މެޓީރިއަލްސް ފަދަ ތަކެތި އެއަރޕޯޓަށް ގެންދިއުމާއި ފޮނުވުން، އަދި ބޭރުގެ އެކި ފަރާތްތަކުން މިކޯޕަރޭޝަނަށް ފޮނުވާ ތަކެތީގެ ކަސްޓަމް ކްލިއަރެންސްއާއި ގުޅޭ އެންމެހާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 މާރިޗު 01 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި 2022 މާރިޗު 08 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮ ފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.

  • ބިޑު ހުށަހަޅާ ފަރާތުގެ ނަން:
  • ކުންފުނީގެ ނަން:
  • ގުޅޭނެ ފޯނު ނަންބަރ:
  • އީމެއިލް އެޑްރެސް:
  • އީމެއިލްގެ ސަބްޖެކްޓް: To hire an export and import agent for the period of 2 years

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2022 މާރިޗު 06 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.

 

 

އީމެއިން އެޑްރެސް: [email protected] copy to [email protected]

ނަން: ހަސަން ޝަހީލް

މަޤާމް: ޖެނެރަލް މެނޭޖަރ، ޕްރޮކިއުމެންޓް

 

                      21 ރަޖަބު 1443

                      22 ފެބްރުއަރީ  2022

                                            

 

22 ފެބުރުވަރީ 2022
ހޯދާ