ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް 2 ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކައުންސިލަށް 2 ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

  1. މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް  2 ޕިކަޕް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 މާރިޗު 07 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށައެޅުއްވުން އެދެމެވެ.

ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަންފޮތް ވިއްކުން

ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަން ފޮތް ވިއްކުން، 2022 ފެބުރުވަރީ 23 ން 2022 މާރިޗު 07 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 12:00 އާއި ދެމެދު މި މިއިދާރާގައި ކުރިއަށްދާނެއެވެ. ފޮތެއްގެ އަގަކީ 150.00ރ އެވެ.

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން

2022 މާރިޗު 07 ވަނަ ދުވަހުގެ 13:00 ށް މި އިދާރާއަށް ދުރުވެ ބީލަން ހުށައަޅަންވާނެއެވެ.

ބީލަން ހުޅުވާނީ 2022 މާރިޗު 07ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.

 

  1. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. ބީލަން ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ކައުންސިލަށް ބޭނުންވާ ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ / (އިޢުލާން ނަންބަރު)" މިހެން ލިޔެފައި އޮންނަންވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވެވޭނީ  ވިޔަފާރި ރަޖިސްޓްރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި، ކުންފުނި، ޕާޓްނާޝިޕް ފަދަ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ  ފަރާތްތަކަށެވެ.
  3.  ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.

‏             21‏ ރަޖަބް‏ 1443

             ‏22‏ ފެބްރުއަރީ‏ 2022

22 ފެބުރުވަރީ 2022
ހޯދާ