ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
"އަލް-އަޤްޞާ އިންޓަރނޭޝަނަލް އިލެކްޓްރޯނިކް ކޮންޕެޓީޝަން ފޮރ މާސްޓަރިންގ ދަ ރެޖިސްޓްރޭޝަން އޮފް ދި ހޮލީ ޤުރްއާން" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

"އަލް-އަޤްޞާ އިންޓަރނޭޝަނަލް އިލެކްޓްރޯނިކް ކޮންޕެޓީޝަން ފޮރ މާސްޓަރިންގ ދަ ރެޖިސްޓްރޭޝަން އޮފް ދި ހޮލީ ޤުރްއާން" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

 

1443 ވަނަ އަހަރު ޝަޢްބާންމަހު 28 ގައި ފަލަސްތީންގެ މިނިސްޓްރީ އޮފް ވަޤުފް އެންޑް ރިލިޖަސް އެފެއާޒް އިން އިންތިޒާމް ކުރައްވައިގެން އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށްވަނީ ލިބިފައެވެ.

 

މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު

 

1-      ތަޖްވީދުގެ ޙުކުމްތަކާއެކު ޤުރްއާން ފުރިހަމައަށް ކިޔަވަން ދަންނަ މީހަކަށް ވުން.

2-      ފިރިހެނަކު ކަމުގައިވުން.

3-      01 އޭޕްރީލް 2022 ށް 30 އަހަރު ފުރިފައިނުވުން.

4-      ދިވެހިރައްޔިތެއް ކަމުގައިވުން.

 

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް 2022 ފެބްރުއަރީ 28  ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މި މުބާރާތުގައި ބައިވެރިކުރާނެ ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.

22 ފެބުރުވަރީ 2022
ހޯދާ