ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު

މި އިޢުލާންވަނީ 23 ފެބުރުވަރީ 2022 15:53 ގައި ބާތިލް ކުރެވިފައެވެ.


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު  2022 ފެބްރުވަރީ 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ. އިންތިޚާބުގައިވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް،ގަވާއިދު ނަންބަރު 2022/R-17:(ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 6ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާގޮތަށް ތަރުތީބު ކުރުމަށްފަހު، ކެންޑިޑޭޓުންގެ ނަންތައް ތިރީގައި މިވަނީއެވެ.

 

2022 ފެބުރުއަރީ 24 ވާ ބުރާސްފަތި ދުވަހުގެ 9:00 އިން 14:00 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ރަށު ފެންވަރުގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަނިވި 2 މެންބަރުން ހޮވުމަށެވެ.

  1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެއް
  2. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެއް

ރަށު ފެންވަރުގައި ބާއްވާ އިންތިޙާބުތައް ބާއްވާނީ މަތީގައިވާ 1 އަދި 2 ވަނަ ނަންބަރުގައިވާ މެންބަރުން ހޮވުމަށެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެއް ހޮވުމަށް ވޯޓު ލެވޭނީ އެރަށެއްގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ދަފުތަރުވެފައިވާ އުމުރުން 18 އަހަރުން މަތީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެއް ހޮވުމަށް ވޯޓުލެވޭނީ އެރަށެއްގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ގޮތުގައި ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ދަފުތަރުވެފައިވާ އެންމެހައި ބެލެނިވެރިންނަށެވެ.  

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ދަފުތަރުވެފައިވާ އުމުރުން 18 އަހަރުން މަތީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލިސްޓު އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ގޮތުގައި ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ދަފުތަރުވެފައިވާ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ލިސްޓު މިއިޢުލާނާ އެއްކަރުދާސް ކުރެވިފައި މިވަނީއެވެ

22 ފެބުރުވަރީ 2022
ހޯދާ