މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އޮފީހުގެ ބައެއް ކޮންސެޕްޓް ޑިޒައިންކޮށް ވޯރކް ސްޓޭޝަންތަކާއިއެކު ސަޕްލައިކުރުން

މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2022/47 (31 ޖަނަވަރީ 2022) އިޢުލާނާއި  (IUL)13-E/13/2022/56 (9 ފެބްރުވަރީ 2022) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައިވާ އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:      24 ފެބްރުވަރީ 2022، 13:30 އަށް

އަނދާސީ ހިސާބާއިއެކު 8,000.00ރ (އަށް ހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީ ލެޓަރ އެއް ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީ ގެރެންޓީ ވާންޖެހޭނީ، ސަރުކާރުން ޤަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން އެ މަސައްކަތަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއަކަށެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

22 ފެބުރުވަރީ 2022
ހޯދާ