ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫގެ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ހިލޭސާބަހައް ކޮށްދޭނެ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، މަސައްކަތް ހިލޭ ސާބަހަށް ކޮށްދެން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމާއި ބެހޭ:

 

މި ހިނގާ 1443 ވަނަ އަހަރުގެ ރަމަޟާން މަހަށް މިރަށުގެ ބައެއް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި ކުރަންހުރި މަސައްކަތްތައް ހިލޭ ސާބަހަށް ކޮށްދެން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

 

މަސްޖިދުއް ސަޢާދާގައި ކުރަންހުރި މަރާމާތުތަކާއި ބޭނުންވާ ތަކެތި:

 

މިސްކިތުގެ ބޭރު ކުލަލުން

1.

މަގު ފާރު އެތެރެ އާއި ބޭރު ކުލަލުން

2.

ވުޟޫ ކުރާބައިގެ ފްލޯރ މުށި އެއްކޮށް ބަދަލުކުރުން

3.

އެތެރޭގައިވާ ހޮޅި ތަކުގައި ދަވާދު ލުން

4.

ފާހާނައިގެ ފިޓިންގްސް ބަދަލުކުރުން

5.

ވަންނަ ދޮރު އެލްމެނިއަމް އަށް ބަދަލުކުރުން

6.

12 ކުދި ދޮރުތަށް އެލްމެނިއަމް އަށް ބަދަލުކުރން

7.

 

މަސްޖިދުއް ސިއްދީޤްގައި ކުރަންހުރި މަރާމާތުތަކާއި ބޭނުންވާ ތަކެތި:

 

މިސްކިތުގެ ބޭރު ފާރު ކުލަލުން

.1

އަންހެނުން ފާހާނައިގެ ދޮރު އެލްމެނިއަމް އަށް ބަދަލުކުރުން

.2

މަގު ފާރު އެތެރެއައި ބޭރު ކުލަލުން

.3

މިސްކިތު އެތެރޭގައި މުށީގެ ބަދަލުގައި ނެވިލޯނަށް އެއްކޮށް ބަދަލުކުރުން

.4

 

 

 

 

މަސްޖިދުލް ފުރްޤާންގައި ކުރަންހުރި މަރާމާތުތަކާއި ބޭނުންވާ ތަކެތި:

 

ގާރޑަން ލައިޓް މަރާމާތުކުރުން (15 ލައިޓް)

.1

ގުއްބު ވަށައިގެން ފެން ފައިބާތަންތަން މަރާމާތުކުރުން

.2

3.  ޕާރޓިޝަން މަރާމާތުކުރުން

4.  20 ފޫޓް ހަރުގަނޑު

 

ވީމާ، މަތީގައި ދެންނެވިފައިވާ ތަކެތި ހިލޭ ސާބަހަށް ފޯރުކޮށްދިނުމަށް އަދި މަރާމާތު ހިލޭ ސާބަހަށް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މާރޗް 2022 ވާ ބުރާސްފަރި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ ނަންބަރު: 6760667،6760522 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށާ އަދި މި އިދާރާއިން ދޫކުރާ "މިސްކިތްތަކަށް ތަކެތި ހަދިޔާކުރުމަށާއި މިސްކިތްތަކުގައި ކުރަން ހުންނަ މަސައްކަތްތައް ހިލޭ ސާބަހަށް ކުރުމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މި ފޯމް މި އިއުލާން އާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ފައިސާގެ އެހީތެރިކަން ފޯރުކޮންދެއްވަން ބޭނުންވެލައްވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އެކައުންޓް ނަންބަރ: 7730000135156 (1430 REVENIUE 01  ) އަށް ފައިސާ ޖަމާކޮށް ދެއްވުމަށް ދަންނަވަމެވެ. އަދި ފައިސާ ޖަމާކުރައްވާނަމަ ރިމާކްސް ގައި " މިސްކިތު ފަންޑް " ޖައްސަވާލެއްވުމަށްފަހު ސްލިޕްކޮޅު މި އިދާރާގެ ނަންބަރ: 7767438 އަށް ވައިބާ ކުރެއްވުމަށް ދެންނެވީމެވެ. މި ފުރުސަތުގައި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ކައުންސިލްއަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ފެބުރުއަރީ 2022

22 ފެބުރުވަރީ 2021
ހޯދާ