މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ކަނޑިތީމު މިސްކިތްތައް މަރާމާތުކުރުން

އިޢުލާން

ށ.ކަނޑިތީމު މިސްކިތްތައް މަރާމާތުކުރުން

 

 

މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މަސްޖިދުލް ތަޢުބާ އަދި މަސްޖިދުލް ސަނިއްޔާ އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 22 ފެބްރުއަރީ 2022 (އަންގާރ) ދުވަހުން ފެށިގެން 27 ފެބްރުއަރީ 2022 (އާދިއްތަ) ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/4pTNqFUU4Y4tRPHS6

އިތުރު މަޢުލޫމާތު:

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް އިތުރު މަޢުލޫމާތެއް ބޭނުންވެލައްވާނަމަ އިދާރާގެ ފޯނަށް 6540041 ގުޅުއްވައި، ނުވަތަ އީމެއިލް ކުރައްވާއި 27 ފެބްރުއަރީ 2022 (އާދިއްތަ) ދުވަހުގެ 14:00ގެ ކުރިން މައުލޫމާތު ސާފްކުރެއްވުން އެދެމެއެވެ. އިދާރާގެ އީމެއިލް އެޑްރެސް [email protected] ކަމުގައި ދަންނަވަމެއެވެ. މިބީލަމާއިގުޅިގެން މަޢުލޫމާތު ދިނުމުގެ ވަކި ބައްދަލުވުމެއް ނޯންނާއެވެ.

 

ބީލަން ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 28 ފެބްރުއަރީ 2022ވާ (ހޯމަ) ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު:  6/2013  (ކުދި އަދި މެދުފަންތީގެ ވިޔަފާރިގެ ޤާނޫނުގެ)ގެ ދަށުން އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

 

 

 

 

 

20 ރަޖަބް 1443

21 ފެބްރުއަރީ 2022

21 ފެބުރުވަރީ 2022
ހޯދާ