މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމާ ގުޅޭ

އިޢުލާން

 

ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމާ ގުޅޭ

 

               2022 ފެބުރުވަރީ 28ވާ ހޯމަ ދުވަހުގެ ރޭ 20:30ގައި އަލިފުށި ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

               ރަށް މިވަގުތު މޮނިޓަރިންގައި އޮތުމުގެ ސަބަބުން ބައްދަލުވުން ކުރިއަށް ގެންދާނީ ވާޗުއަލް ކޮށެވެ. ނަމަވެސް 2022 ފެބުރުވަރީ 28ވަނަ ދުވަހުގެ ކުރިން ރަށް މޮނިޓަރިންއިން ނަގައިފިނަމަ ބައްދަލުވުން ކުރިއަށް ދާނީ އަލިފުށީ ޕްރީސްކޫލުގައެވެ. ވާޗުއަލްކޮށް ކުރިއަށްގެންދާނަމަ ބައްދަލުވުމުގެ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރެވިގެންދާނެ ވާހަކަ ދެންނެވީމެވެ.

               ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް އެދި ދެޖިންސުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

               މިހެންވެމިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

               20   ރަޖަބު    1443

               21  ފެބުރުވަރީ   2022

21 ފެބުރުވަރީ 2022
ހޯދާ