މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އުޞޫލުން މަސައްކަތްކުރާނެ އިމާމުން/މުދިމުންގެ ޕޫލެއް އެކުލަވާލުން

ވަޒީފާގެ ފުރުޞަތު

ވޭޖް އުޞޫލުން މަސައްކަތްކުރާނެ އިމާމުން/މުދިމުންގެ ޕޫލެއް އެކުލަވާލުން

މިރަށު މަސްޖިދުލް އިސްރާގައި މަސައްކަތްކުރާ އިމާމުން، މުދިމުން ސަލާމް ބުނުމާއި އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާ ޗުއްޓީ ނެގުމުން ވޭޖްގެ އުޞޫލުން މިސްކިތްތަކުގައި މަސައްކަތް ކުރުމަށް އެކުލަވާލެވޭ ޕޫލަށް މީހުން ނެގުމަށް ބޭނުންވެއެވެ.

މަޤާމު:

އިމާމް / މުދިމް (ޕޫލް – ވޭޖް އެމްޕޮލޯއިމަންޓް)

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އެމްޕްލޯއީމަންޓް)

ބޭނުންވާ އަދަދު:

04 ( ހަތަރެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ މަސްޖިދުލް އިސްރާ

މުއްދަތު:

 (31 ޖަނަވަރީ 2023 ގެ ނިޔަލަށް )

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަސްޖިދުލް އިސްރާގައި ފަރުޟު ފަސް ނަމާދުގެ ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން.
  2. މިސްކިތާއި މިސްކިތުގެ ތަކެއްޗަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކަންތައްތަކާއި މިސްކިތާއި ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހާ އެ ޝަކުވާތައް ކައުންސިލް އިދާރާއަށް އަންގައި ކައުންސިލުގެ ލަފާގެމަތިން އެކަން ރަނގަޅުކުރުން.
  3. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތްކުރުން
  4. ރަށު ކައުންސިލުން އަންގައިފި ހިނދެއްގައި އިމާމުވެ ކޭތަނަމާދު، ކަށު ނަމާދު އިމާމުވެ ނަމާދުކުރުން
  5. މިސްކިތުގައި ދީނީދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން
  6. މިސްކިތުގެ މަސައްކަތު މީހުންގެ އެންމެހައި މަސައްކަތްތައް، އިދާރާއިން ރާވާ އުޞޫލެއްގެމަތިން ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކުރުވުމާއި، އެކަންކަން ހިނގާ ނުހިނގާގޮތް ބެލުން.

 

މަޤާމް

 

ރޭންކް

 

ޝަރުޠު

 

 

މުސާރަ

 

 

ސަރވިސް އެލަވަންސް

އާއްމުކޮށް ދުވާލަކު މަސައްކަތްކުރަންޖެހޭ ވަގުތު

އިމާމް

GS3

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ،

ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ،

ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް  61.00 ރުފިޔާގެ ރޭޓުން

ނެތް

 05 ގަޑިއިރު

މުދިމް

GS1

ތަޖުވީދުގެ މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭ މީހެއްކަމުގައިވުން (މަތީގައިވާ މަޤާމަށް ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކުންވެސް، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ. ނަމަވެސް މި މަޤާމަށް މީހުން ހޮވާނީ، މަތީގައިވާ މަޤާމަށް ބޭނުންވާ އަދަދަށް ޝަރުޠު ހަމަވާ ފަރާތަކުން ކުރިމަތިލާފައި ނުވާނަމައެވެ.)

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް

 

53.00 ރުފިޔާގެ ރޭޓުން

ނެތް

 05 ގަޑިއިރު

 

ހުށައަޅަންޖެހޭ ލިޔުންތައް:

 

1-      މިސްކިތު ވޭޖްޕޫލްގައި ބައިވެރިވުމަށް އެދި މިއިދާރާއިން ދޫކުރާ ފޯމް.

2-      ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއިއެކު)

3-      ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިއުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ނުވަތަ އައިޑީކާޑު މުއްދަތު ހަމަވެފައިވާނަމަ / ގެއްލިފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓްގެ ސާފު ކޮޕީއެއް

4-      ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

5-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ފެބުރުވަރީ 2022 ގެ 12:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected])  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6560031 އަށެވެ. އީމެއިލް ކުރާނީ [email protected]   އަށެވެ.

21 ފެބުރުވަރީ 2022
ހޯދާ