މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                                                     ނަމްބަރ: 331/331/2022/14(IUL)

އިޢުލާން

 

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

              1443 ވަނަ އަހަރުގެ ރަމަޟާން މަހު މިރަށު "މަސްޖިދުލް މުއްތަޤީން" ގައި އިމާމުވެ ޙިފްޡުކޮށް  ތަރާވީޙް ނަމާދުކުރާނެ  ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކޮށްފައިވާ ނަމްބަރު: 331/331/2022/10(IUl) އިޢުލާނާއި ގުޅިގެން ކޯޓޭޝަން ހުށަހަޅުއްވާފައިވަނީ އެންމެފަރާތަކުން ކަމަށްވާތީ، މިދެންނެވި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

              މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

             ޙާފިޡު ގެނައުމާއިބެހޭގޮތުން ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ރިސެޕްޝަނުން ލިބިވަޑައި ގަންނަވާނެއެވެ.                       

              ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2022 ފެބުރުއަރީ 24 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށްނަމަ ލިޔުންތައް ހުށަހަޅުއްވާނީ  [email protected]  އަށެވެ.

21 ފެބުރުވަރީ 2022
ހޯދާ