ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ އެކި ސެކްޝަންތަކުން ނެގިފައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯގެ އެކި ސެކްޝަންތަކުން ނެގިފައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 23  ފެބުރުއަރީ 2022 ވާ ބުދަ ދުވަހުގެ10:00 އަށް އެސްޓީއޯ ހެޑް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެސްޓީއޯ ހެޑް އޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުންއެދެމެވެ.

 

ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ބިލް ހަވާލުކުރާތާ މަސައްކަތު 7 ދުވަސް ތެރޭގައި ފައިސާ ދައްކަވައި ތަކެތި ގެންދަވަންވާނެއެވެ. މިގޮތަށް ގެންދަވާއިރު ދޫކުރެވޭ އެންމެހާތަކެތި ގެންދަވަންވާނެއެވެ. ނޫންނަމަ އެތަކެތި ނައްތާލުމުގެ އިހުތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ.

 ކުރީ ނީލަންތަކުގައި ބައިވެރިވެ ތަކެތި ނުގެންދަވާ ފަރާތްތައް ނީލަމުން އިސްތިސްނާ ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

 

 އަގުހުޝައަޅަންވާނީ ޕްރިންޓްކުރި ލިއުމަކުންނެވެ.

21 ފެބުރުވަރީ 2022
ހޯދާ