ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދަން ބޭނުންވެއްޖެ

1443 ވަނަ އަހަރު ރަމަޟާންމަހު، ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތު މިސްކިތުގައި ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ލިޔުންތައް މިއިދާރާގެ މެއިލް: [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

  1. 1.            ހުށަހަޅުއްވަންޖެހޭ ލިޔުންތަކަކީ:

           1)         ހިފްޡުކޮށް (މުސްޙަފްއެކީގައި ނުބަލައި) އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ބޭފުޅެއްގެ ނަމާއި އެޑްރެސް އަދި އައިޑެންޓިޓިކާޑުގެ ފޮޓޯ ކޮޕީ.

           2)         ހިފްޡުކޮށް (މުސްޙަފްއެކީގައި ނުބަލައި) އިމާމުވެ ތަރާވީޙް ނަމާދު ކުރެވޭނެ ފަރާތެއްކަން ބަޔާންކޮށްދޭ ކިޔަވައިދޭ މަރުކަޒަކުން ދީފައިވާ ލިޔުމެއް.

           3)         ޙާފިޡުކަމުގެ ސެޓްފިކެޓްގެ ކޮޕީއެއް.

           4)         ރާއްޖޭގައި އުޅޭ ބިދޭސީއެއްނަމަ އެމީހެއްގެ ޕާސްޕޯރޓް ކޮޕީ، ވޯރކްވިސާގެ ކޮޕީ އަދި ޙާފިޡުކަމުގެ ސެޓްފިކެޓްގެ ކޮޕީ.

 

  1. 2.            އެކޮމޮޑޭޝަން އަދި އެލަވަންސް:

           1)         މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިއިދާރާއިން ހޮވޭ ޙާފިޡަކަށް، ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދުކުރާ ކޮންމެ ރެއަކަށް ދިވެއްސަކުނަމަ -/1000ރ. އަދި ބިދޭސީއެއްނަމަ، -/800ރ. ގެ އެލަވެންސެއް ލިބޭނެއެވެ.

           2)         މަޑަވެލީގައި ޙާފިޡުގެ ހުރުމާއި ކެއުމުގެ ޚަރަދު މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. އިތުރު އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަކީ މިކަމަށް އެދި ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ.

           3)         ޙާފިޡަކު ނެގުމުގައި، ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރެވޭނެ ދިވެހި ޙާފިޡުންނަށް އިސްކަންދެވޭނެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ބަޔާން ކުރެވިފައިވާ ލިޔުންތައް 28 ފެބްރުއަރީ 2022 ވަނަ ދުވަހުގެ ހެނދުނު 11:00 ގެކުރިން މަޑަވެލީ ކައުންސިލްގެ އިދާރާގެ މެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ފޯން 6840006 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 ފެބުރުވަރީ 2022
ހޯދާ