މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫ މަގުތަކާއި ބަނދަރު އަދި އިޖުތިމާއީ ސަރަހައްދުތަކުގެ ބައްތިތައް މަރާމާތުކުރުމާއި، ތުލުސްދޫ ކައުންސިލާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ އޭ.ސީ ހަރުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުން.

އިޢުލާން

 

ތުލުސްދޫ މަގުތަކާއި ބަނދަރު އަދި އިޖުތިމާއީ ސަރަހައްދުތަކުގެ ބައްތިތައް މަރާމާތުކުރުމާއި، ތުލުސްދޫކައުންސިލާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ އޭ.ސީ ހަރުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުން.

 

ތުލުސްދޫ މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަކުގެ ބައްތިތައް ދިއްލާ މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއްހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)333/333/2022/6 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދެއްވާފައި ނުވާތީ އަލުން، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ރަށުގެ މަގުތަކާއި ބަނދަރު އަދި އިޖްތިމާޢީ ސަރަޙައްދުތައް އަލިކުރުމަށް ޖަހާފައިހުރި ބައްތިތައް މަރާމާތު ކުރުމާއި،  ތުލުސްދޫ ކައުންސިލާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ އޭ.ސީ ހަރުކުރުމާއި މަރާމާތުކުރުމުގެ މަސައްކަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތައް   ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 ފެބުރުވަރީ 23 ވަނަ ދުވަހު 14:00 ގެ ކުރިން މިއިދާރާގެ ފޯނު ނަންބަރު 6640183 އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާ އީމެއިލް ([email protected])   އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2022 ފެބުރުވަރީ 23 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ފެބުރުވަރީ 28 ވަނަ ދުވަހުގެ 11:00 އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 ފެބުރުވަރީ 2022
ހޯދާ