މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އިލެކްޓްރިކަލް އިންޖިނިއަރ

މަޤާމް :އިލެކްޓްރިކަލް އިންޖިނިއަރ
ބޭނުންވާ އަދަދު :1

އެކްސެލަރޭޓިންގ ރިނިއުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓޭނަބަލް އެނަރޖީ (އެރައިސް) މަޝްރޫޢުގެ ޚަރަދުތަކަށް ވަރލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރަށް ހިލޭ އެހީ ދެއްވާފައެވެ. އަދި މި ހިލޭ އެހީގެ ބައެއް މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ އިލެކްޓްރިކަލް އިންޖިނިއަރަކަށް ޚަރަދުކުރުމަށް ވަނީ ގަސްތުކޮށްފައެވެ.

މި މިނިސްޓްރީގެ ފަރާތުން މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:

  • އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅޭ ދާއިރާއަކުން ދައްވެގެން މާސްޓާރސް ޑިގްރީ ޙާސިލްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި މިދާއިރާގައި މަސައްކަތް ކުރުމުގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ހުންނަންވާނެއެވެ؛

ނުވަތަ

  • އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅޭ ދާއިރާއަކުން ދައްވެގެން ބެޗްލާރސް ޑިގްރީ ޙާސިލްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި 7 އަހަރުގެ މަސައްކަތު ތަޖުރިބާ ހުންނަންވާނެއެވެ. އަދި މިދާއިރާގައި މަސައްކަތް ކުރުމުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ހުންނަންވާނެއެވެ؛

އަދި

  • ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ދޫކޮށްފައިވާ އިލެކްޓްރިކަލް އިންޖިނިއަރ ލައިސަންސް އޮންނަންވާނެއެވެ؛
  • މި މަސައްކަތާއި އެއްވައްތަރު މަސައްކަތް ހިމެނޭ ބައިނަލްއަގުވާމީ ހިލޭ އެހީގައި ހިންގާ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ؛
  • އިއާދަކުރަނިވި ހަކަތައިގެ އިންސްޓޮލޭޝަންސް ޑިޒައިން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ؛ އަދި
  • އެމް.ވީ. ސިސްޓަމް ޑިޒައިން އަދި އިންސްޓޮލޭޝަން ކޮލިފިކޭޝަން (އެދެވިގެން ވަނީ އެމް.ވީ. ކެޓަގަރީ ލައިސަންސް އާއި އެކު) ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަސައްކަތަށް ހޮވޭފަރާތަކަށް އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލާ ރފ.  26،000.00 އާއި ރފ. 36،000.00 އާއި ދެމެދުގެ ދެފަރާތުން އެއްބަސްވާ އުޖޫރައެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ ސައްވީސް (24) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސް ޑޭޓަޑް ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

މި މަސައްކަތުގެ އިތުރު މަޢުލޫމާތު މި ދަޢުވަތާއި އެކީގައި ޝާއިޢު ކުރެވިފައިވާ މި މަސައްކަތާއިގުޅޭ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔެގެން އިތުރު މަޢުލޫމާތު ސާފުކުރެވޭނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މާރޗް 10، 2022 ވަނަ ދުވަހު މާލެ ގަޑިން 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

އެރައިސް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3019217

އީމެއިލް: [email protected]  

20 ފެބުރުވަރީ 2022
ހޯދާ