ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫގައި ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން އެޗް.ޕީ.އޭ އިން ރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާތީ އަޅާފައިވާ ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރު ލުއި ދިނުން.

އިޢުލާން

ތިނަދޫގައި ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން އެޗް.ޕީ.އޭ އިން ރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާތީ  އަޅާފައިވާ ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރު ލުއި ދިނުން.

                       23 ޖަނަވަރީ 2022 ވަނަދުވަހުން ފެށިގެން ގދ.ތިނަދޫގައި ޤާއިމްކުރެވިފައިވާ މޮނިޓަރިންގް ޙާލަތަށް އިތުރު ލުއިތައް ދޭން މިކައުންސިލަށް ފެންނާތީ، ބައެއް ފިޔަވަޅުތަކަށް ލުއިދީ  ތިރީގައިވާ ގޮތަށް ޢަމަލުކުރުމަށް ޢާއްމުކޮށް އިޢުލާނު ކުރަމެވެ.

  • ގދ.ތިނަދޫގައިވާ ހުރިހާ ސްކޫލްތައް،ޤުރްއާން ކްލާސް އަދި ޓިއުޝަން ކްލާސްތަކުގައި ދަރިވަރުން ކުލާސްތަކަށް ޙާޒިރުކޮށްގެން ކިޔެވުން ކުރިޔަށް ގެންދިޔުން.
  • އެހެން ރަށްރަށުން ތިނަދޫއަށް އަދި ތިނަދޫއިން އެހެން ރަށްރަށަށް ދަތުރު ކުރެއްވުމުގައި އެޗް ޕީ އޭ ގެ އުޞޫލުތަކާއި އެއްގޮތަށް ޢަމަލު ކުރުން.
17 ފެބުރުވަރީ 2022
ހޯދާ