މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
International Student Scholarship Scheme - University of Macau 2022 - 2023

International Student Scholarship Scheme - University of Macau 2022 - 2023

 

"އިންޓަރނޭޝަނަލް ސްޓޫޑަންޓް ސްކޮލަރޝިޕް ސްކީމް" ގެ ދަށުން ޔުނިވަރސިޓީ އޮފް މަކާއޫގައި ހިންގާ ބެޗްލަރސް އަދި މާސްޓަރސް ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުންވަނީ އަންގަވާފައެވެ.

 

މި ސްކޮލަރޝިޕްގެ ދަށުން ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުން ދިނުމަށް ހަމަޖެހިފައިވާ ޚަރަދުތަކުގެ ތަފްސީލް މި އިޢުލާންނާއި އެކީގައި އެޓޭޗްކުރެވިފައިވާ ލީފްލެޓްގައިވާނެއެވެ.

 

މި ސްކޮލަރޝިޕްގެ ބެޗްލަރސް އަދި މާސްޓަރސް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ޑެޑްލައިނަށްށެވެ.  

 

މާސްޓަރސް ސްކޮލަރޝިޕް

28 ފެބްރުއަރީ 2022 ގެ ކުރިން

އެޕްލިކޭޝަން ލިންކް: https://isw.um.edu.mo/naweb_grs/faces/index.jspx

އާންމު މަޢުލޫމާތު:  https://grs.um.edu.mo/index.php/prospective-students/how-to-apply/

 

ބެޗްލަރސް ސްކޮލަރޝިޕް

22 އޭޕްރީލް 2022 ގެ ކުރިން

އެޕްލިކޭޝަން ލިންކް: https://isw.um.edu.mo/naweb_application/faces/index_da.jspx

އާންމު މަޢުލޫމާތު:  https://reg.umac.mo/admission/

 

މިކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވާ ލިންކުން ލިބެން ހުންނާނެއެވެ.

https://gao.um.edu.mo/international-admission/

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

17 ފެބުރުވަރީ 2022
ހޯދާ