މަޤާމުގެ ޝަރުޠު:
|
1. ޓޫރިޒަމް މެނޭޖްމަންޓުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑު ލިބިފައިވުމާއި އޭގެ އިތުރުން ސެކަންޑަރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީ ކުރެވިފައިވާ ތަންތަނުގައާއި ތަރައްޤީ ކުރެވެމުންދާ ތަންތަނުގައި އިމާރާތް ކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކާއި އެހެނިހެން ލިޔެކިޔުންތައް ޗެކުކޮށް، ބޭނުންވާ ހުއްދަތައް ދޫކުރުމައި މިކަމާގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
- ސަރުކާރުން އެކި ފަރާތްތަކަށް ދެއްވާ އިމްޕޯޓް ޑިއުޓީ މާފްކުރުމުގެ އުސޫލުގެ ދަށުން އެކަމާ ބެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
|
އުޖޫރައާއި އިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ނޮން ޕްރެކްޓިކްސް އެލަވަންސް
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
- ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
- އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއް ކަމުގައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މި މިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބެންހުންނާނެ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
|
ސުންގަޑި:
|
މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު (މި މިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެ) ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 02 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހު 15:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުން އެދެން. (ވެލާނާގެ، 5ވަނަ ފަންގިފިލާ)
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާ އިންޓަވިއު ކުރުން އަދި ޕްރެކްޓިކަލް ހެދުމަށް ހަމަޖެހިފައިވަނީ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފްތާގެ ތެރޭގައި މި މިނިސްޓްރީގައެވެ.
- މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323224 ފޯނާއެވެ. ފެކްސް ނަންބަރަކީ 3322512 އެވެ.
- އިންޓަވިއު އަށް އަދި ޕްރެކްޓިކަލް އަށް ހޮވޭ ފަރާތްތަކަށް އެކަން ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން ވަގުތު އެންގޭނޭ ކަމުގައިވެސް މި ފުރުޞަތުގައި ދެންނެވީމެވެ.
|