ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިއުކާލުމާއި ކުނި ނައްތާލުމާބެހޭ އުޞޫލް ޢާއްމުކުރުން

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 148 ވަނަ މާއްދާއިން މިކައުންސިލްއަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު އެމާއްދާގެ (ށ) ގެ ދަށުން މިކައުންސިލުން އެކުލަވާލާފައިވާ ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ޤަވާއިދުގެ ދަށުން އެކުލަވާލެވިފައިވާ  އުޞޫލަށް ރަތްޔިތުންގެ ޙިޔާލު ހޯދަން ބޭނުންވެއެވެ. އަދި މިއުޞޫލުގެ 13 ވަނަ މާއްދާގައި ބަޔާންކުރައްވާފައިވާ " މިއުޞޫލް ނަގަހައްޓައި ހިންގުމަށްޓަކައި ކައުންސިލްގެ އިޙްޠިޞާޞްތެރޭގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ ފީ އާއި ކުލި ކައުންސިލުން ކަނޑައަޅަންވާނެ " ކަމަށް ބުނެފައިވާތީ، އެއުޞޫލުގެ ދަށުން ކުނި އުކާލުމާއި ކުނި ނެގުމުގެ ފީ އާއި ކުލި ކަނޑައަޅާ އުޞޫލަށް ރަތްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވެއެވެ.

           

ވީމާ، މިއިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ އުޞޫލަށް ހިޔާލު ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 28 ފެބުރުއަރީ 2022 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަGov.mv  މެދުވެރިކޮށް ނުވަތަ ޚާއްޞަ ކުރެވިފައިވާ "ގޫގުލް ފޯރމް" މެދުވެރިކޮށް ޚޔާލު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ގޫގުލް ފޯމް ލިންކް:   https://forms.gle/jv9WsnioKKj93mq6A

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

15  ރަޖަބް  1443

16 ފެބުރުއަރީ 2022 

16 ފެބުރުވަރީ 2022
ހޯދާ