މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީ އަށް Sony RX1R II ކެމެރާ ގަތުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1- މިއޮތޯރިޓީ އަށް Sony RX1R II ކެމެރާ ގަތުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2- ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 27 ފެބުރުވަރީ 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން  [email protected] އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.

3- ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 28 ފެބުރުވަރީ 2022 ވާ ހޯމަދުވަހު ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ދެވަނަ ފަންގިފިލާ މީޓިންރޫމުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

 

4- މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 27 ފެބުރުވަރީ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 16 ރަޖަބު 1443ހ.

17 ފެބުރުވަރީ 2022
ހޯދާ