މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގައި ކުއްޔަށް ދޫކުރުމަށް ޤާއިމްކުރެވިފައިވާ ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލުމާއި ގުޅޭ.

 މާލެ ސިޓީ ކައުންސިލްގެ ނަންބަރ: (IUL)425-CB/1/2022/55 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

 މާލެ ސިޓީ ކައުންސިލުން ގާއިމްކޮށްފައިވާ ޕާކިންގ ސްލޮޓްތަކަށް ކުރިމަތި ލުމަށް ހަވާލާދީފައިވާ އިޢުލާންގައި ބަޔާންކޮށްފައިވީ ނަމަވެސް، ހުޅުވާލެވުނު ލިންކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، 16 ފެބްރުއަރީ 2022 ވީ ބުދަ ދުވަހުގެ ވަގުތެއްގައި ޕާކިންގ ޒޯން ތަކަށް ކުރިމަތި ލުމަށް ހުޅުވާލާފައިވާ ޕޯޓަލް ވަގުތީގޮތުން ބަންދު ކުރެވިފައި ވީ ނަމަވެސް، މިއަދު 14:00 ގައި ޕާކިންގ ޒޯންތަކަށް ކުރިމަތިލުމަށް ޕޯޓަލް އަޕް ކުރެވިގެންދާނެ ވާހަކަ ދެންނެވީމެވެ. ޕާކިންގ ޒޯންތަކަށް ކުރިމަތި ލުމަށް parking.malecity.gov.mv ލޮގިން ވެގެން ކުރިޔަށް ގެންދެވުން އެދެމެވެ. އަދި 16 ފެބްރުއަރީ 2022 ގައި ޕޯޓަލް ހުޅުވާލެވިފައިވަނިކޮށް ޕާކިންގ ޒޯނަށް އެޕްލައި ކޮށްފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

17 ފެބުރުވަރީ 2022
ހޯދާ