ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕަބްލިކް ސާރވިސް މީޑިޔާ (ޕީ.އެސް.އެމް) އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ޕަބްލިކް ސާރވިސް މީޑިޔާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މަޤްޞަދަކީ މީޑިއާގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކްރިއޭޓިވް ޒުވާނުންނަށް ބޭނުންވާ ތަމްރީނާއި، ހުނަރާއި، މަސައްކަތުގެ ތަޖްރިބާ ފޯރުކޮށްދިނުމެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް މިކުންފުނީގެ ދާއިމީ ވަޒީފާ ލިބުމުގެ ފުރުޞަތު ތަނަވަސް ވެގެންދާނެއެވެ. އަދި މި ޕްރޮގްރާމުގެ ތެރޭގައި، މޯލްޑިވްސް މީޑީއާ އިންސްޓިޓިއުޓް މެދުވެރިކޮށް މީޑިއާގެ ދާއިރާއިން އެމް.އެން.ކިއު.އެފް ގެ ލެވެލް 3 ގެ ސެޓްފިކެޓަކަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. 

ތިރީގައި މިދަންނަވާ ދާއިރާތަކުން އެޕްރެންޓިސްޝިޕް ފުރިހަމަ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ

ދާއިރާ:

  • ނޫސްވެރިކަން
  • ވީޑިއޯ އެންޑް ޓީވީ ޕްރޮޑަކްޝަން
  • ރޭޑިއޯ ޕްރޮޑަކްޝަން
  • ނިއުސް އެންކަރިންގ
  • ޕްރެޒެންޓިންގ

ބޭނުންވާ އަދަދު:

25

މުއްދަތު:

06 މަސް

އެލަވަންސް:

ދުވާލަކަށް 120/- ރުފިޔާގެ މަގުން 3,000/- ރުފިޔާ

ތަން:

ޕަބްލިކް ސާރވިސް މީޑިއާ ( ޓީވީއެމް / ދިވެހިރާއްޖޭގެ އަޑު / ޕީއެސްއެމް ނިއުސް)

މަޤާމުގެ ޝަރުތު:

  • ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ފާސްވެފައިވުން
  • ގިނަވަގުތު މަސައްކަތުގެ މާހައުލުގައި އުޅެވޭ ފަރާތެއްކަމުގައިވުން. އަދި މިޕްރޮގްރާމްގެ ދަށުން ދެވެ ތަމްރީން، މަސައްކަތުގެ ތަޖުރިބާ ހޯދުމުގައި އުޅެމުން ފުރިހަމަ ކުރެވޭނެ ފަރާތެއްކަމުގައިވުން

ޕްރޮގްރާމަށް ކުރިމަތިލުމާއި، ސުންގަޑި:

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް އެސް.އެމް.އެސް ކުރެއްވުން އެދެމެވެ.

- ފުރިހަމަ ނަން

- އައި.ޑީ. ނަންބަރު

- ގުޅޭނެ ނަންބަރު

އެސް.އެމް.އެސް ލިޔާނެ ގޮތް:

   AP (SPACE) Name (SPACE)ID No (SPACE)Contact No

ލިޔެއްވުމަށް ފަހު 300 އަށް ފޮނުއްވުމަށް އެދެމެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3000286 / 3000340 / 3000376އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                           15 ރަޖަބް 1443

16 ފެބުރުވަރީ 2022
ހޯދާ